logologologologo
STO
ޚަބަރު

ހިލޭ އެހީ ލިބުނު އަދަދު އިތުރުވެއްޖެ

ހިލޭ އެހީ ލިބުނު އަދަދު އިތުރުވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 21

މި އަހަރުގެ ހަތް މަސް ފާއިތުވީއިރު، ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަރުކާރުގެ ހަރަދާއި އާމްދަނީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 2ގެ ނިޔަލަށް 434.2 މިލިއަން ރުފިޔާ ވަނީ ހިލޭ އެހީގެ ގޮތުގައި ލިބިފަ އެވެ. މިދިޔަ އަހަރު ލިބިފައި ވަނީ 170.6 މިލިއަން ރުފިޔާ އެވެ. އެހެންކަމުން: 

  • މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ލިބުނު އަދަދަކީ 264 މިލިއަން ރުފިޔާ އިތުރު އަދަދެއް
  • އެއީ %154 އިތުރު އަދަދެއް

 މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވަނީ ހިލޭ އެހީގެ ގޮތުގައި 374 މިލިއަން ރުފިޔާ ލިބޭނޭ ކަމަށެވެ. އެހެންކަމުން، މިހާތަނަށް ލިބުނު ހިލޭ އެހީއަކީ ލަފާކުރި އަދަދަށް ވުރެ 60.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް