logo
logo
ބަޔޯމެޓްރިކްސް ނުދިން 500 ބިދޭސީން ޑީޕޯޓްކޮށްފި

ބަޔޯމެޓްރިކްސް ނުދިން 500 ބިދޭސީން ޑީޕޯޓްކޮށްފި

2025 ޑިސެމްބަރު 18
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބަޔޯމެޓްރިކްސް ދޭން ސަރުކާރުން ދިން މުހުލަތު ހަމަވި ފަހުން ނުދީ ތިބި 500 މީހަކު މިހާތަނަށް ޑީޕޯޓްކޮށްލާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން މިފަދައިން ވިދާޅުވީ އެ ވުޒާރާގެ ދަށުން ހިންގަމުންދާ އިދާރާތަކުގެ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުގެ ވެރިންނާ އެކު އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ އެންމެންނަކީ ސަރުކާރަށް އެމީހުންގެ މައުލޫމާތު އެނގޭ އަދި ޒިންމާވާނެ ބަޔަކު ތިބި މީހުންނަށް ހަދަން ހިންގާ އޮޕަރޭޝަން މެއި 1، 2027އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

"ފަނަރަ ނޮވެމްބަރު 2025 އިން ފެށިގެން މިއަދާ ހިސާބަށް ގާތްގަނޑަކަށް އެއް މަސް ތެރޭގައި، މިހާތަނަށް ފިންގަޕްރިންޓް ނުދީ ރާއްޖޭގައި އުޅެމުން އައި ބިދޭސީންގެ ތެރެއިން 509 ބިދޭސީން ވަނީ އިމިގްރޭޝަނުން ހިފައި ރާއްޖެއިން ބޭރުކޮށްލާފައި،" އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ އެންމެންނަކީ ސައްހަ ލިޔެކިއުން ހުރި، ސަރުކާރަށް އެ މީހުންގެ މައުލޫމާތު އެނގޭ ބަޔަކަށް ހަދަން ހިންގާ އޮޕަރޭޝަނުގެ ފަހު ފޭސް ފަށާނީ އަންނަ އަހަރު ކަމަށް ވެސް ވިދާޅުވި އެވެ. އެ ފޭސް ނިމޭ އިރު ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން ވާނީ ސަރުކާރަށް އެ މީހުންގެ މައުލޫމާތު އެނގޭ، އަދި އެ މީހުންނަށް ޒިންމާވާނެ އެމްޕްލޯޔަރުން ތިބި ބަޔަކަށް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި މިހާތަނަށް މައުލޫމާތު އެއްކުރި މީހުންގެ ތެރެއިން އެމްޕްލޯޔަރެއް ނެތް މީހުން އެމްޕްލޯޔަރެއް ހޯދައި، ނިޒާމުގެ ތެރެއަށް ވަންނަން ތިން މަސްދުވަހުގެ މުހުލަތެއް ދޭނެ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް