logo
logo
އެމްޕީއެލްއަށް ފުރަތަމަ ފަހަރަށް  ސަރަހައްދީ ދެ އެވޯޑް ލިބިއްޖެ!

އެމްޕީއެލްއަށް ފުރަތަމަ ފަހަރަށް ސަރަހައްދީ ދެ އެވޯޑް ލިބިއްޖެ!

2024 ޑިސެމްބަރު 23
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއަށް ސަރަހައްދީ ދެ އެވޯޑް ލިބިއްޖެއެވެ.

ދެކުނު އޭޝިއާގެ ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށްގެން ދެމުން އަންނަ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ " ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑް 2024" ގެ މުހިއްމު ދެ އެވޯޑް އެމްޕީއެލްއަށް ވަނީ ލިބިފައެވެ.

މި ދެ އެވޯޑް އެމްޕީއެލްއަށް ލިބިފައި ވަނީ ދެެކުނު އޭޝިއާގެ 7 ޤައުމެއްގެ ކުންފުނިތަކާ ވާދަކޮށްގެންނެވެ.

މިގޮތުން އެމްޕީއެލްއަށް ލިބިފައިވަނީ " އިނޮވޭޓިވް ލާނިންގ އެންޑް އޮގަނައިޒޭޝަނަލް ޑިވޮލޮޕްމެންޓް ޕްރެކްޓިސް،" އެވޯޑައި " އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެ ވޯޑެވެ.

މި އެވޯޑްތައް އެމްޕީއެލްއަށް ލިބިފައިވަނީ، ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންޓް އެވޯޑް ދިނުމުގެ ޙަފްލާގައި މި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

މި އެވޯޑަކީ ވިޔަފާރީގެ މާހައުލެއްގައި ވިޔަފާރި ފުޅާކުރުމާއި ތަރައްޤީކުރުމާއި ޒަމާޏީކުރުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރުމަށް ދޭ އެވޯޑެކެވެ.

މި ޙަފަލާގައި ތަފާތު 17 ދާއިރާއަކުން ވަނީ އެވޯޑް ދީފައެވެ.

" އިނޮވޭޓިވް ލާނިންގ އެންޑް އޮގަނައިޒޭޝަނަލް ޑިވޮލޮޕްމެންޓް ޕްރެކްޓިސް،" އެވޯޑް އެމްޕީއެލްއަށް ލިބިފައިވަނީ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުތައް ދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށެވެ.

މި އެވޯޑަކީ އެމްޕީއެލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލިބުނު އެވޯޑެކެވެ. އެ ކުންފުނިން މި ދެ އެވޯޑް ސިފަކުރަނީ ލިބުނު ކުރިއެރުމެއްގެ ގޮތުގައިކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް