logo
logo
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ވަގުތު އިތުރުކޮށްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ވަގުތު އިތުރުކޮށްފި

2026 އޭޕްރީލު 05
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ވަގުތު އިތުރުކޮށްފިއެވެ.

ދިފާޢީ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނީ ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ތަމްރީނުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު އޭޕްރީލް 7 ވަނަ ދުވަހުގެ 14:00އަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ތަމްރީނުގައި ބައިވެރިވުމަށް އެ ވުޒާރާއިން ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފަރާތެއް ކަމުގައިވުމާއި ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ޚިދުމަތުގައި ބައިވެރިކުރެވޭނީ، މި ޚިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގައި ވާނަމައެވެ.

އަންނަ މެއި މަހުގެ ފަހު ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ 3 މަސް ދުވަހުގެ މި ތަމްރީނުތައް ކުރިއަށް ގެންދާނީ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ.މާފިލާފުށީގައެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދާނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މި ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދެވޭނެ ކަމަށާއި މީގެ އިތުރުން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދެވޭނެ ކަމަށް ދިފާޢީ ވުޒާރާއިން ބުންޏެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް