logo
logo
ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރޭނިންގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވަނީ!

ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރޭނިންގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވަނީ!

2026 އޭޕްރީލު 01
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރޭނިންގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ސުންގަޑި އަންނަ ހަފުތާގައި ހަމަވާނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އެޕްރީލް 5 ވަނަ ދުވަހުގެ 14:00 ކަމަށް ދިފާޢީ ވުޒާރާއިން ވަނީ ބުނެފައެވެ.

ދިފާޢީ ވުޒާރާއިން މާރިޗް 9 ގައި ގެޒެޓްކުރި އިޢުލާނެއްގައި ބުނީ ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ (ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން) ގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު، ޝަރުތު ފުރިހަމަވާ ދިވެހި ޒުވާނުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ތަމްރީނުގައި ބައިވެރިވުމަށް އެ ވުޒާރާއިން ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފަރާތެއް ކަމުގައިވުމާއި ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ޚިދުމަތުގައި ބައިވެރިކުރެވޭނީ، މި ޚިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގައި ވާނަމައެވެ.

އަންނަ މެއި މަހުގެ ފަހު ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ 3 މަސް ދުވަހުގެ މި ތަމްރީނުތައް ކުރިއަށް ގެންދާނީ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ.މާފިލާފުށީގައެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދާނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މި ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދެވޭނެ ކަމަށާއި މީގެ އިތުރުން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދެވޭނެ ކަމަށް ދިފާޢީ ވުޒާރާއިން ބުންޏެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް