
ދިވެހި ވަޠަނީ ޚިދުމަތް- ފަންނީ ތަމްރީނަށް ނުހޮވުނު ކުދިންނަށް ވަޒީފާ ހަމަޖައްސައިފި
ޒައުޖަތު އަޙުމަދުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ކުރިއަށް ގެންދާ ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުން ދަސްވެނިވި ކުދިންގެ ތެރެއިން ފަންނީ ތަމްރީނަށް ނުހޮވުނު ކުދިންނަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިފިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބެޗުން އަސާސީ ތަމްރީނު ފުރިހަމަކުރި ކުދިންގެ ތެރެއިން ފަންނީ ތަމްރީނުތަކުގެ މަރުޙަލާއަށް ނުހޮވުނު ކުދިންނަށް އެކުދިން ޝައުޤުވެރިކަން ފާޅުކުރި ވަޒީފާތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.
ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ހޮވުނު 65 ކުދިން ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މިއަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހު ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ފަށާފައިވާ ކަމަށާއި އެ ޕްރޮގްރާމުން ދަސްވެނިވި ކުދިންގެ ތެރެއިން މި ތަމްރީނުތަކަށް ނުހޮވޭ ކުދިން އެކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރި ތަންތަނުން ސަރުކާރުން ވާނީ ވަޒީފާ ހަމަޖައްސައިދީފައި ކަމަށެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބެޗުން ދަސްވެނިވި 344 ކުދިން ވަނީ ދަސްވެނިވެފައެވެ.
ރައީސް ވިދާޅުވީ ފަންނީ ތަމްރީނަށް ނުހޮވުނު ކުދިންގެ ތެރެއިން 241 ކުދިންނަށް ސަރުކާރުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ދެން ތިބި 38 ކުދިން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރަން ޝައުޤުވެރިކަން ފާޅުކުރުމުން އެކުދިންނަށް އެ ފުރުސަތު ފަހިކޮށްދީ ޚިދުމަތުން ދޫކޮށްލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗުގައި 350 ޒުވާނުން ބައިވެރިވެފައިވާއިރު، މިކުދިން ވަނީ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ތަމްރީނަށް މާފިލާފުއްޓަށް ފުރާފައެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިއަހަރު ތެރޭގައި 1،000 ޒުވާނުންނަށް ދިވެހި ވަތަނީ ހަރަކާތުގެ ތަމްރީނުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.
މި ޕްރޮގްރާމުން ދަސްވެނިވި ކުދިންނަށް ސަރުކާރުން ވަޒީފާ ދީފައިވާ މުވައްސަސާތަކުގެތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއަށް 171 ކުދިން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއަށް 7 ކުދިން، އޭވިއޭޝަން އެންޑް ޕޯޓްސް ސެކިޔުރިޓީ ކޮމާންޑަށް 32 ކުދިން، ދިވެހި ފުލުހުންގެ ޚިދުމަތަށް 23 ކުދިން، މޯލްޑިވްސް އިމިގްރޭޝަނަށް 5 ކުދިން އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއަށް 3 ކުދިންނެވެ.
ރައީސް ޑރ. މުޢިއްޒު ފެއްޓެވި ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި އަޚްލާޤު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް ފާއިތުވި 2025 ވަނަ އަހަރު ފެއްޓެވި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރު ކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ހޮވުމަށް މަގުފަހިކޮށްދީ، ޒުވާނުންނަކީ ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު ބައެއްގެ ގޮތުގައި ބިނާކުރުމެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ވަގުތު އިތުރުކޮށްފި2026 އޭޕްރީލު 05
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހޯމަދުވަހު ފުރާވަޑައިގަންނަވާނެ!2026 އޭޕްރީލު 05
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙުމަދު މުޙައްމަދު ޢައްޔަނު ކުރައްވައިފި2026 އޭޕްރީލު 05
އިންތިޚާބުތަކުގެ ނަތީޖާއާއެކު ރައީސް މުޢިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް: ޝިޔާމް2026 އޭޕްރީލު 05