
އެކްސިޑެންޓްވުމުން ސައިކަލު މަޑުނުކޮށް ދިޔަ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
ޒައުޖަތު އަޙުމަދުއެކްސިޑެންޓްވުމުން ސައިކަލު މަޑުނުކޮށް ދިޔަ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފިއެވެ.
ވީޑިއޯ އާންމު ކުރުމަށްފަހު ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ މާލެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަޙުޤީޤު ކުރަމުންދާ މި މައްސަލާގައި ހޯދަމުން އަންނަ މީހެއް ކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ.
އެ އަންހެން މީހާ ވެއްޓުމުން ވެސް ސައިކަލުގަ އިން މީހާ ވަނީ މަޑުނުކޮށް އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
ފުލުހުން ބުނީ މި މައްސަލާގައި ވީޑިއޯއިން ފެންނަ މީހާ ހޯދަމުން އަންނައިރު، އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެމަޢުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅުއްވައި ހިއްސާކުރެއްވުން އެދިފައިވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް: ފުލުހުން2026 އޭޕްރީލު 07
ދޯންޏެއްގެ ބުރަފަތީގައި ޖެހި، ފަތުރުވެރިއަކު މަރުވެއްޖެ!2026 އޭޕްރީލު 01
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ އިންޑިއާ މީހަކު ޑީޕޯޓުކޮށްލަނީ2026 އޭޕްރީލު 01
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި 2 ދިވެހީން ހައްޔަރުކޮށްފި2026 މާރިޗު 30