logo
logo
ދޯންޏެއްގެ ބުރަފަތީގައި ޖެހި، ފަތުރުވެރިއަކު މަރުވެއްޖެ!

ދޯންޏެއްގެ ބުރަފަތީގައި ޖެހި، ފަތުރުވެރިއަކު މަރުވެއްޖެ!

2026 އޭޕްރީލު 01
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދޯންޏެއްގެ ބުރަފަތީގައި ޖެހި، ފަތުރުވެރިއަކު މަރުވެއްޖެއެވެ.

އއ. އަތޮޅުގައި މިއަދު ހިނގި މި ހާދިސާއާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެންފުށިީގެ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅެނިކޮށް ޖަރުމަނުގެ ފިރިހެނެއް މަރުވެގެން ހެނދުނު 10 ޖަހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލަ ތަޙުޤީޤު ކުރަމުންދާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އަތޮޅު ތެރެއަށް ލޯކަލް ޓޫރިޒަމް ފުޅާވެފައިވާއިރު މިފަދަ ހާދިސާތައް ގިނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ފެހުރިހި ބަލަން ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރާ ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ގައި މިފަދަ ހާދިސާތައް ގިނަކަން ފާހަގަ ކުރެވެއެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީން މިދިޔަ އަހަރު ވަނީ ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ސަންޕާ އަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑު އެޅުވުން ލާޒިމްކޮށްފަ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް