
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ އިންޑިއާ މީހަކު ޑީޕޯޓުކޮށްލަނީ
ޒައުޖަތު އަޙުމަދުމާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ އިންޑިއާ މީހަކު ހައްޔަރުކޮށް، ޑީޕޯޓުކޮށްލަން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ މާރިޗު 30 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިނިޝް މުރުގަން، އިންޑިއާ (23އ) ކަމަށެވެ.
މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓާއި، އޭނާ ދުއްވި ސައިކަލު ބަލައިފާސްކުރިއިރު 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށާއި އަދި އޭނާ ދުއްވި ސައިކަލު ވަނީ ޓޯކޮށްފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ހިންގަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް: ފުލުހުން2026 އޭޕްރީލު 07
އެކްސިޑެންޓްވުމުން ސައިކަލު މަޑުނުކޮށް ދިޔަ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި2026 އޭޕްރީލު 01
ދޯންޏެއްގެ ބުރަފަތީގައި ޖެހި، ފަތުރުވެރިއަކު މަރުވެއްޖެ!2026 އޭޕްރީލު 01
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި 2 ދިވެހީން ހައްޔަރުކޮށްފި2026 މާރިޗު 30