logologologologo
STO
ޚަބަރު

ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްޤީކުރަނީ!

ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްޤީކުރަނީ!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މާރިޗު 29

ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްޤީކުރަން ނިންމާ އެކަމަށް ބަޖެޓް ކަނޑައެޅިފައިވާ ކަމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބުރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިއަދު އޮތް ޙަފުލާގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިއަދު ވަނީ އައު އިމަޖެންސީ ރޫމާއި އައު ޑައިލިސިސް ސެންޓަރު ހުޅުވައިފައެވެ. މި ދެ ތަން ވެސް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މީގެއިތުރުން އެ ހޮސްޕިޓަލުގައި ގާއިމްކުރާ އައިސޮލޭޝަން ފެސިލިޓީގެ ޢަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބުރާހީމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސް މުޢިއްޒު އެކުލަވާލައްވާފައިވާ ސިޔާސަތުގައި ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމުގެ ސިޔާސަތަކީ މިހާރު ލިޔެވި، ކުރަންހުރި ކަންކަން ތަރުތީބު ކުރެވި އަދި ފައިސާ ހަމަޖެހިފައި ހުރި ކަންކަން ކަމަށެވެ.

 

 

މިހާރު ކުރިއަށް ދަނީ އެ މަސައްކަތްތައް ކުރުމަށް ކުރަން ހުރި އިދާރީ މަސައްކަތްތައް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުގެދަށުން ޓާޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް އަޕްގްރޭޑް ކުރަމުން އަންނަ ހޮސްޕިޓަލެއް ކަމަށާއި އެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ހޮސްޕިޓަލުގައި ދެމުން އަންނަ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން އައު ޚިދުމަތްތައް ގެނައުން ހިމެނޭ ކަމަށެވެ.

 

MALDIVE GASAllied Insurance
އިތުރަށް