
އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް މިމަހުގެ ނިޔަލަށް ފޮނުވާ ނިމޭނެ: ނާޒިމް
ޒައުޖަތު އަޙުމަދުއަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް މިމަހުގެ ނިޔަލަށް ފޮނުވާ ނިމޭނެ ކަމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ހެލްތު ލައިންއަށް އިތުރުކުރެވޭ 7 ލޯންޗާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް މިމަހުގެ ނިޔަލަށް ފޮނުވާ ނިމޭނެކަމަށެވެ.
ނާޒިމް ވިދާޅުވީ އަތޮޅުތަކުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ މުހިންމު ސިޔާސަތަކީ އަތޮޅު ހޮސްޕިޓަލްތަކުން ސިއްޙީ މަރުކަޒުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލުގައި ތިއްބަވާ ޚާއްސަ ޑޮކްޓަރުން އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތްކުރުމަށް މި ލޯންޗުތަކުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
ވަޒީރު ވިދާޅުވީ މިކަން ހަރުދަނާކޮށް ގެންދިޔުމަށްޓަކައި ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި އަދި ރީޖަނަލް ހޮސްޕިޓަލެއްގައިވެސް ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ މުހިންމުކަމެއް ކަމަށެވެ.
އެގޮތުން މިހާރު ލޯންޗު ލިބިފައި ނެތް 7 އަތޮޅަކަށް ލޯންޗު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިމަހުގެ ނިޔަލަށް އެ ހުރިހާ އަތޮޅަކަށް ލޯންޗު ފޮނުވައި ނިމޭނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މި މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ޞިއްޙީ ވުޒާރާ ގުޅިގެން، އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގެންނަށް ހަމަޖެހިފައިވާ 7 ލޯންޗްގެ ތެރެއިން 3 ލޯންޗެއް މިހާރުވަނީ މާލެ ގެނެވިފައެވެ.
ކުއްލި ޙާލަތުގައި ބަލިމީހުން އުފުލުމުގެ އިތުރުން މި ލޯންޗްތަކަކީ އަތޮޅު ހޮސްޕިޓަލްތަކުގެ އައުޓްރީޗް ޕްރޮގްރާމްތަކުގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ވެކްސިން ރަށްތަކަށް ފަސޭހައިން ފޯރުކޮށްދިނުމަށާއި، ލެބޯޓްރީ ސާމްޕަލްތައް އުފުލުމަށް ބޭނުންކުރެވޭނެ އުޅަނދުތަކެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ!2025 އޮކްޓޯބަރު 31
ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަނީ!2025 ޖުލައި 16
ދިވެހި ޑޮކްޓަރުންގެ ޚިދުމަތް ޤައުމުގެ ކުރިއެރުމަށް ވަރަށް މުހިއްމު: ޞިއްޙީ ވަޒީރު ނާޒިމް2025 އޭޕްރީލު 18