logologologologo
STO
ޚަބަރު

ޝީޝާ މަނާކޮށް، ހަކުރު ސަބްސިޑީ ކަނޑާލައި ޓެކްސް ނެގުމުގެ މަޝްވަރާ އެބަކުރަން: ނާޒިމް

ޝީޝާ މަނާކޮށް، ހަކުރު ސަބްސިޑީ ކަނޑާލައި ޓެކްސް ނެގުމުގެ މަޝްވަރާ އެބަކުރަން: ނާޒިމް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މާރިޗު 05

ދުޅަހެޔޮ ޖީލެއް ބިނާކުރަން ރާއްޖޭގައި ޝީޝާ މަނާ ކުރުމާއެކު، ހަކުރުން ޓެކްސް ނެގުމުގެ އިތުރުން އެއަށް ދޭ ސަބްސިޑީ ކަނޑާލުމުގެ މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނާޒިމް ވިދާޅުވީ ދުންފަތުގެ އިތުރު ބާވަތްތައް މަނާކުރުމާއި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނެގުމަކީ އާއްމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ކަމަކަށް ވާތީ، އެ ކަންތައްތައް ވަކި އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރަމުން އަންނަ ކަމަށެވެ.

 "މިހާރު އަޅުގަނޑުމެން ވަރަށް މަޝްވަރާކުރާ ކަންތައްތަކުގެ ވާހަކަ ތި ދަންނަވާލީ ޝީޝާ އާއި ހަކުރާ،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަކުރު ބާވަތްތަކުން ޓެކްސް ނެގުމާއި ސަބްސިޑީ ކަނޑާލުމަކީ ހަމައެކަނި އެ މިނިސްޓްރީއަށް ނެގޭނެ ނިންމުމެއް ނޫން ކަމަށެވެ. ނަމަވެސް އެ ފިޔަވަޅު އެޅޭނެ ދުވަހަކަށް ހެލްތު ސެކްޓާއިން އިންތިޒާރުކުރާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. 

އާއްމު ސިއްހަތު ރައްކާތެރި ކުރުމުގައި ބޮޑެތި މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، ޑޮކްޓަރުންގެ ޖަމިއްޔާއިން ވެސް ވަނީ ޝީޝާ މަނާކޮށް، ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް އިތުރުކުރަން ގޮވާލައިފަ އެވެ.

MALDIVE GASAllied Insurance
އިތުރަށް