logologologologo
STO
ޚަބަރު

ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަނީ!

ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަނީ!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ޖުލައި 16

ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ޚާއްސަ ދަފުތަރެއް އެކުލަވާލަމުންދާ ކަމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި "އަހާ" ފޯރަމްގައި ބޭސްފަރުވާ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ބޭސް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލައި، އެމީހުންނަށް ބޭސް ފޯރުކޮށްދިނުމަށް ވަކި ޚާއްސަ މަރުކަޒެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މި މައްސަލައަށް ވަގުތީ ހައްލެއްގެ ގޮތުން މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުން ބޭސް ދޫކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި މި ނިޒާމުގެ ދަށުން، ބަލިމީހާ ޚިދުމަތް ހޯދާ ހޮސްޕިޓަލަކުން ބޭސް ފޯރުކޮށްދެވޭނެ ކަމަށް ނާޡިމް ވިދާޅުވިއެވެ.

ވަޒީރު ނާޡިމް ވިދާޅުވީ، އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށާއި ބޭހުގެ ކަންކަން ރަނގަޅުކުރުމަށް ގަވަނެންސް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާ އަދި ބޭހުގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުން އިތުރުކޮށް، އެ މުވައްޒަފުން އިތުރަށް ހުނަރުވެރިކޮށް ޤާބިލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

MALDIVE GASAllied Insurance
އިތުރަށް