
ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ!
ޒައުޖަތު އަޙުމަދުދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވެފައިވާކަމަށް ޞިއްޙީ ވަޒީރު ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބުރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ދުންފަތާ ދެކޮޅަށް ރާއްޖޭން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި "ނޭޝެނަލް ޓޯޗް ރަން" ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފަށާނީ މި ފެށޭ ނޮވެމްބަރު އެކަކުން ފެށިގެންނެވެ. މިއާއެކު 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވިއްކުންވެސް މަނާވެގެންދާނެއެވެ.
ވަޒީރު ވަނީ ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރާ ޤައުމީ މަސައްކަތުގައި އެންމެން ބައިވެރިވުމަށް ގޮވާލައްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ދިމާވާ ޞިއްޙީ ގިނަ މައްސަލަތައް ގުޅިފައިވަނީ ޞިއްޙަތާ ބީރައްޓެހި އަދި ކަނޑައެޅިގެން ބޮޑެތި ބަލިތަކަށް ހުށަހެޅޭ އާދަތަކާކަމަށެވެ. އަދި މިފަދަ އާދަތަކުން މުޖުތަމަޢުއާއި ޅަދަރިން ރައްކާތެރިކޮށް އަދި ދުޅަހެޔޮ އާދަތަކަށް ރައްޔިތުން އަހުލުވެރިކޮށް ޞިއްޙީގޮތުން ރައްކާތެރި، ޞިއްޙީ ދުޅަހެޔޮކަމަށް މަގުފަހިވާނޭހެން ކަންކަން ތަރުތީބުކުރުމަކީ މިއަދު އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ ކަންތައްކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވެގެންދާއިރު، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން މުހިންމުކަމަށް ވަޒީރު ނާޡިމް ވިދާޅުވިއެވެ.
"މިއަހަރުގެ މެއިމަހުގެ 21 ވަނަ ދުވަހު ރައީސް ޖަނަރޭޝަން ބޭންގެ ޤާނޫނު ތަސްދީޤް ކުރެއްވުން، އަދި އެ ޤާނޫނުގެ ދަށުން އަޅުގަނޑުމެންގެ ޒުވާން ޖީލު ރައްކާތެރިކޮށްދެއްވާނެކަމަށް ދެއްވި ޔަޤީންކަމާއެކު ދިވެހިރާއްޖެ ވެގެން މިދަނީ މިފަދަ ސިޔާސަތެއް ދުނިޔޭގައި ތަންފީޒުކުރާ އެންމެ ފުރަތަމަ ޤައުމަށް. މި ނެންގެވި ތާރީޚީ އަދި ބޯލްޑް ނިންމެވުމަށް ދުނިޔޭގެ އެހެނިހެން ޤައުމުތަކުންނާއި ޞިއްޙަތާގުޅުންހުރި އިދާރާތަކުން ތަޢުރީފުކޮށް ރައިސާއި ސަރުކާރަށް ވަނީ އެކަމުގެ ތައުރީފުކޮށްފައި." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ޞިއްޙީ ދާއިރާގެ މައިގަނޑު އަމާޒަކީ އަދި ސިޔާސަތުތައް ބިނާވެގެން ވަނީ ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް، ދުޅަހެޔޮ މުޖުތަމަޢެއް އަދި ދުޅަހެޔޮ ދިވެހީންގެ ރާއްޖެއެއް ބިނާކުރުމުގެ މައްޗަށްކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޖެނެރޭޝަނަލް ބޭން- ކުޑަ ޤައުމަކުން ކުރީ ސަފަށް ނިކުތުމަކީ ލިބިގެންދިޔަ ބޮޑު ފަޚުރެއް: ޑރ. ޝަފީޢު2025 ނޮވެމްބަރު 01
ހިތްވަރުގަދަ ނިންމެވުމެއް، ޖެނެރޭޝަނަލް ބޭންއަށް ޢަމަލުކުރަން ފަށައިފި!2025 އޮކްޓޯބަރު 31
ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަނީ!2025 ޖުލައި 16