ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަކުލުހުޅު ބަދަލުކުރުމުގެ ކާމިޔާބު ސަރޖަރީތަކެއް ކޮށްފި!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަކުލުހުޅު ބަދަލުކުރުމުގެ ކާމިޔާބު ސަރޖަރީތަކެއް ކޮށްފައިވާ ކަމަށް ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ އެ ވުޒާރާއިން ބުނީ ކަކުލުހުޅު ބަދަލުކުރުމަށް އެ ހޮސްޕިޓަލުގައި މި މަހުގެ 16 އިން 19 އަށް ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީ.ކޭ.އާރު) ނަމުގައި ކޭމްޕެއް ބާއްވާފައިވާ ކަމަށެވެ.
ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި އެކޭމްޕުގެ ތެރެއިން ޖުމްލަ 9 މީހެއްގެ 11 އޮޕަރޭޝަންކޮށްފައިވެއެވެ. އެގޮތުން 7 ފަރާތެއްގެ އެއް ކަކޫ އަދި 2 ފަރާތެއްގެ 2 ކަކުލުގެ ހުޅު ބަދަލުކުރެވިފައިވާކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
މި ކޭމްޕުގައި އިސްވެ ހަރަކާތްތެރިވެފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ސާރޖަރީ ޑިޕާރޓްމެންޓްގެ ހެޑް އަދި ކަށީގެ ޚާއްސަ ޑަކްޓަރު، ޑރ. އަޙްމަދު އާޒިމް އަބްދުއްޝަކޫރެވެ.
ކުޅުދުއްފުށިީ ރީޖަނަލް ހޮސްޕިޓަލުން ވަނީ މި ކޭމްޕްގައި އަމަލީގޮތުން ހަރަކާތްތެރިވި ޑަކްޓަރުންނާއި ނަރުހުންގެ އިތުރުން އިދާރީ މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)
