މި ސަރުކާރުން މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ގާއިމުކޮށްފި!

މި ސަރުކާރުން މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ގާއިމުކޮށްފިއެވެ.
މި މަޝްރޫޢަކީ އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެދަށުން، މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށް ސިއްޙީ ވުޒާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ލެބޯޓަރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން ރ. މާކުރަތުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ރައީސްގެ ސިޔާސަތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައިވާ އެއްކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ.
އެގޮތުން އެ ވުޒާރާއާ ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން ލެބޯޓަރީ ނެތް ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސް އެކަށައަޅުއްވާފައިވާ ސިޔާސަތެއްކަމަށެވެ.
"2025 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، 2026 ވަނަ އަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ މިކަން ހަމަޖައްސަވާ މިއަށް ފައިސާ ދެއްވާ އަޅުގަނޑުމެންނާ މިކަން ހަވާލުކުރެއްވި ހިސާބުން 2025 ވަނަ އަހަރު ފަހުކޮޅުން ފަށައިގެން މިހުޅުވަނީ 18 ލެބޯޓަރީ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ނާޡިމް ވިދާޅުވީ މިރަށްރަށުގައި މިކަން މީގެކުރިން ނުވެފައިވަނީ ސިޔާސަތުގެ ތެރޭގައި މިކަންކަން ނުހިމަނާ ރައްޔިތުންގެ ކަންބޮޑުވުންތައް އެންމެ ރަނގަޅަށް އޮޅުން ފިލުވާފައި ނުވާތީކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ރައްޔިތުންގެ އަޑުއަހައި އެންމެ ބޭނުންވެފައިވާ ޚިދުމަތްތައް ޤާއިމްކުރަމުންދާކަން ވަޒީރު ވިދާޅުވިއެވެ.
ލެބޯޓަރީގެ ޚިދުމަތުގެ އިތުރުން މި ސަރުކާރުން ވަނީ މިހާތަނަށް 4 ރަށެއްގައި އެކްސްރޭގެ ޚިދުމަތްވެސް ފަށާފައެވެ.
އިތުރަށް




.gif.gif&w=828&q=100)
