ބަނޑުގައި އޮންނަ ދަރިފުޅުގެ އައިބެއް ހުރިތޯ ބަލަން ހަދާ ޓެސްޓް ތިނަދޫ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖައްސައިފި!

ބަނޑުގައި އޮންނަ ދަރިފުޅުގެ އައިބެއް ހުރިތޯ ބަލަން ހަދާ ޓެސްޓް ތިނަދޫ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ޞިއްޙީ ވުޒާރާއިން ބުނީ ބަނޑުގައި އޮންނަ ކުއްޖާގެ އައިބެއް ހުރިތޯ ބެލުމަށް ހަދާ ނަން-އިންވޭސިވް ޕްރީނޭޓަލް ޓެސްޓު (އެންއައިޕީޓީ) ގދ.ތިނަދޫ ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
އެހޮސްޕިޓަލުން ބުނީ މިޚިދުމަތް ދެނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއާއި ގުޅިގެން ކަމަށެވެ.
ބަނޑުގައިވާ ދަރިފުޅުގެ އުފެދުމުގައި އެއްވެސް އުނިކަމެއް ހުރިތޯ އެންމެ އަވަހަށް ދެނެގަނެވޭނީ އެންއައިޕީޓީ ޓެސްޓުންނެވެ. މި ޓެސްޓް ހަދަނީ މައިމީހާގެ ބަނޑަށް 10 ހަފްތާ ގައެވެ.
ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް އެ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް މި އަހަރުގެ އޭޕްރީލްމަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. 102 އެނދުގެ މި ހޮސްޕިޓަލް އިމާރާތްކޮށް ނިމުމުން އެ ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އިތުރަށް





.gif.gif&w=828&q=100)
