ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާބެހޭ ޕޮލިސީ އިފްތިތާޙްކޮށްފި!

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ނުވަތަ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާބެހޭ ޕޮލިސީއިފްތިތާޙްކޮށްފިއެވެ.
މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮލިސީ އިފްތިތާޙްކޮށްދެއްވީ ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ސިޔާސަތު އެކުލަވާލާފައިވަނީ ސަރަޙައްދީ ޤައުމުތަކުގައި ޢަމަލުކުރަމުންދާ އުސޫލުތަކަށް ރިޢާޔަތްކޮށް، މިނިސްޓްރީ އޮފް ހެލްތު، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި. އޯ. އެމް) އަދި ކަމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކުގެ ބައިވެރިވުމާ އެކު ސިލްސިލާކޮށް ގެންދެވުނު މަޝްވަރާތަކަށް ބިނާކޮށެވެ.
މި ސިޔާސަތު އެކުލަވާލުމުގައި އައިއޯއެމް ޑިވެލޮޕްމަންޓް ފަންޑުން ވަނީ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
"ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ"އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތު ރައްކާތެރިކުރުމާއި އެމީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން ބިދޭސީންގެ އާންމު ޞިއްޙަތު ހަރުދަނާކުރުމެވެ. އަދި މިއީ، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ޞިއްޙީ ގޮތުން ލިބެންޖެހޭ އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް ހޯދާ ދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް އެކުލަވާލެވުނު މުހިއްމު ސިޔާސަތެކެވެ.
ނޭޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީގެ މަޤްޞަދަކީ މަލްޓި ސެކްޓަރ ކޯޑިނޭޝަން މެކޭނިޒަމްއެއް މެދުވެރިކޮށް ޒިންމާވާ ހުރިހާ ދާއިރާތަކެއް ޝާމިލުވާގޮތަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމާއި، މައިގްރޭޝަން ސައިކަލްތަކުގެ ހުރިހާ މަރުޙަލާއެއްގައި އެމީހުންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙީ ޙާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމެވެ.
މި ރަސްމިއްޔާތުގައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައިއޯއެމް) އިން އޭޝިއާ އަދި ޕެސިފިކް ސަރައްޙަދަށް ކަނޑައަޅުއްވާފައިވާ މަންދޫބު މިސްޓަރ ކަޓޯ އިއޯރީ އާއި އ.ދ. އިން ރާއްޖެއަށް ކަނޑައަޅުވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހާއޯ ޒަންގް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިތުރަށް





.gif.gif&w=828&q=100)
