ގޮއިދޫ އަދި ފެހެންދޫ ޞިއްޙީމަރުކަޒަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތްތައް ހަވާލުކޮށްފި

ބ. ގޮއިދޫ އަދި ފެހެންދޫ ޞިއްޙީމަރުކަޒަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތްތައް ހަވާލުކޮށްފިއެވެ.
މި މަސައްކަތްތަކުގެ ތެރެއިން ބ. ގޮއިދޫ ޞިއްޙީމަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައި ވަނީ 21 ޖަނަވަރީ 2026 ގައެވެ.
މި އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރުއެވެ. އަދި ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރ، އިބްރާހިމް ލަޔާން ރިޔާޒްއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 480 ދުވަހުގެ ތެރޭގައި ނިންމަން، 8.2 މިލިއަން ރުފިޔާއަށެވެ.
މީގެއިތުރުން ބ. ފެހެންދޫ ޞިއްޙީމަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭތް މިނިސްޓަރ އިސްމާޢިލް ޝަރީފްއެވެ. މި މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއެވެ. އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރ، އިބްރާހިމް ލަޔާން ރިޔާޒްއެވެ.
މި މަސައްކަތް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވެސް ތުޅާދޫ ދާޢިރާގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
480 ދުވަހުން ނިންމަން ހަވާލުކުރި މި މަސައްކަތުގެ އަގަކީ 6.7 މިލިއަން ރުފިޔާއެވެ.
އިތުރަށް





.gif.gif&w=828&q=100)
