ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ހަވާލުކުރަން ފަށައިފި

ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ހަވާލުކުރަން ފަށައިފިއެވެ.
ގެދޮރުވެރިކަމާ އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
ހުޅުމާލޭ ފޭސް 3 ހިއްކުމަށް ބޭނުންވާ ޑްރެޖަރ، ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ ނެޑަލެންޑެން ރާއްޖެ ގެނެސް، ފޭސް 3 ގެ ބިން ހިއްކުން ހަލުއިކޮށްފައި ވަނީ މިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު ފަހުކޮޅުގައެވެ.
މާލެ ސަރަހައްދުގެ ހައުސިން މައްސަލައަށް ހައްލުހޯދަވުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭ ފޭސް 3 ހިއްކުމާއި ގިރާވަރު ފަޅު ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރު ގެނެސް ބިންހިއްކުމުގެ މަސައްކަތް އަވަސް ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރު ހިއްކާފައިވެއެވެ. އެމްއޭސީއެލްއިން މި މަޝްރޫޢޫގެ މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 10 ގައި ކަން ފާހަގަކުރެވެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ހުޅުމާލެ ފޭސް 3 ގެ ފަޅުން ގޯތި ދޫކޮށްފައިވާ ކަމުގެ ލިޔުން ވެސް އެކި ފަރާތްތަކާއި ހަވާލުކޮށްފައެވެ. އެހެންކަމުން ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އަދި ގޯތި ލިބުނު މީހުންގެ ގުރުއަތު ނެގުން ވެސް އިއްޔެ ކުރިއަށް ގެންދިޔަކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
