logo
logo
ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދިނުމަށް އިލްތިމާސްކުރަން: ޑރ. ޝަހީމް

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދިނުމަށް އިލްތިމާސްކުރަން: ޑރ. ޝަހީމް

2026 މާރިޗު 26
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ސުންނީ، ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތްޖަމާޢަތުގެ ޞައްޙަ މަތިވެރި ޢަޤީދާގެ މަތީގައި، ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ޤަރުނެއް ވަންދެން ސާބިތުކަމާއެކު އިސްލާމްދީނުގެ ވަސަޠީ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއް ކަމަށެވެ.

"ސުންނަތް ޖަމާޢަތުގެ މަތިވެރި ޢަޤީދާގައި ރާއްޖެ ދެމިއޮންނާނެ އިންޝާ ﷲ.: ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވަނީ މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި ޢިލްމުވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.

ޑރ. ޝަހީމް ވަނީ ފިރުޤާތަކުގެ ޢަޤީދާތައް އޭގެ ޢިލްމީ ޙަޤީޤަތްތަކާ ޚިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަންވެސް އިލްތިމާސްކުރައްވައިފައެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢު ބައިބައިކޮށްލައި ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެންޖެހޭނެ ކަމަށާއި އަދި ފިރުޤާތަކުގެ ޢަޤީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ ޢިލްމުވެރިން ނޫނީ ވާހަކަ ނުކެއްކުމަށް ވެސް ވޒީރު ވަނީ ނަސޭޙަތްތެރިވެލައްވައިފައެވެ.

މެދުއިރުމަތީގައި އިސްރާއީލާއި އެމެރިކާއިން، އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާއި ގުޅިގެން ފިރުޤާތަކުގެ ވާހަކަތައް މީސްމީޑިއާގައި އެކި މީހުން ދައްކަމުން އަންނަކަން ފާހަގަކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް