
ދެ އިންތިޚާބު އެއްކޮށްލުމުގެ ވިސްނުމާއެކު ކުރިއަށް ދިއުމަށް ޑރ. ޝަހީމް ގޮވާލައްވައިފި
ޒައުޖަތު އަޙުމަދުދެ އިންތިޚާބު އެއްކޮށްލުމުގެ ވިސްނުމާއެކު ކުރިއަށް ދިއުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
ޑރ. ޝަހީމް މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މިއީ ދުނިޔޭގެ ތަހުޒީބު ބައެއް ޤައުމުތަކުގައި ވެސް އަމަލުކުރެވެމުންދާ އުޞޫލެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމުގެ ހަމަޖެހުމާއި ތަރައްޤީއާއި ސިޔާސީ ނިޒާމުގެ މަޞްލަޙަތުގެ ނަޒަރުން ބެލިޔަސް މި ނިންމުން ރަނގަޅު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފައި ވީނަމަވެސް މިކަމާއިމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ނިންމަވައިފައެވެ.
އެހެންކަމުން އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި ޑަބުލިއުޑީސީގެ އިންތިޚާބާއިއެކު، ދެ އިންތިޚާބު އެއްކޮށްލުމާއިމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ވެސް ނެގުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީން ދަނީ މި ވޯޓް ނެގުމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި އެ ޕާޓީން ވަނީ މިކަމާއި ދެކޮޅަށް ކޯޓަށް ދިއުމަށް ވެސް ނިންމައިފައެވެ.
އެމްޑީޕީން މިހާރު މި ކަމަމާއި ދެކޮޅު ހެދި ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙް ވަނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު، އަދި ކައުންސިލް އިންތިޚާބާއިއެކު ޖުމްލަ 3 އިންތިޚާބު އެއްކޮށް ބޭއްވުމަށް ތާޢީދު ކުރައްވާ ކަމަށް އެމަނިކުފާނުގެ ވެރިކަމުގައި ވިދާޅުވެފައިކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޙައްޖު ކިއު ދިގުވުން އެއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން: ޑރ. ޝަހީމް2026 އޭޕްރީލު 22
ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދިނުމަށް އިލްތިމާސްކުރަން: ޑރ. ޝަހީމް2026 މާރިޗު 26
ބަންޑާރަ މިސްކިތުގެ މައްސަލާގައި ޑރ. ޝަހީމް ޔުމްނާ މައުމޫނަށް ރައްދުދެއްވައިފި 2026 މާރިޗު 07
ޚިޔާލުފާޅުކުރުމުގެ ނަމުގައި ކުރާ، އިސްލާމްދީނުގެ ޙުރުމަތް ކެނޑޭ ފަދަ ޢަމަލުތައް ބަލައެއް ނުގަނެވޭނެ: ޑރ. ޝަހީމް2026 ޖެނުއަރީ 24