
ބަންޑާރަ މިސްކިތުގެ މައްސަލާގައި ޑރ. ޝަހީމް ޔުމްނާ މައުމޫނަށް ރައްދުދެއްވައިފި
ޒައުޖަތު އަޙުމަދުބަންޑާރަ މިސްކިތުގެ މައްސަލާގައި ޑރ. ޝަހީމް ޔުމްނާ މައުމޫނަށް ރައްދުދެއްވައިފިއެވެ.
މާލޭގެ ބަންޑާރަ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރުމާއި ގުޅިގެން ކުރީގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު ދެއްކެވި ވާހަކަތަކަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައްދު ދެއްވައިފިއެވެ.
މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ އާސާރީ މިސްކިތްތަކުގެ ލިސްޓެއް ހަދައިގެން ޒަމާނުއްސުރެ އެތަންތަން ބަލަހައްޓަނީ ތަރިކައާބެހޭ ވުޒާރާއިން ކަމަށާއި އެ ވުޒާރާގެ ލިސްޓުގައި ބަންޑާރަ މިސްކިތުގެ ނަން ނޯންނަ ކަމަށެވެ.
ޝަހީމް ވިދާޅުވީ އާސާރީ މިސްކިތްތައް ބަލަހައްޓަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނޫންކަމަށެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބެލީ ވުޒާރާގެ ދަށުގައި މާލޭގައި ހުރި ބައު މިސްކިތްތައް އައުކޮށް އެންމެ ރީތި ބޮޑެތި މިސްކިތްތައް ހުރި ކެޕިޓަލް ސިޓީއަށް ހެދުމަށް ކަމަށާއި އާސާރީ ތަންތަނުގައި އެ ވުޒާރާއިން އަތް ނުލައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ބަންޑާރަ މިސްކިތަކީ އާސާރީ މިސްކިތެއް ކަމަށް ލިސްޓު ކޮށްފިނަމަ އެތަން ހުރި ގޮތަށް ބަހައްޓަވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"ޔުމްނާ މައުމޫނު އެކަން ކުރައވާފައި ވަޑައިގެންނެވި ނަމަ މިއަދު މި ބަހުސް ކުރާކަށް ނުޖެހުނީސް. ޒިންމާ ނޫފުއްލަވާ ވަޑައިގެން އަޅުގަނޑުމެންނާއިމެދު ނަފުރަތު އުފެދޭ ގޮތަށް ބަސް ވިދާޅުވުމުން ދެރަވަން." ވަޒީރު ޑރ. ޝަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ވަޒީރު ވަނީ އަސްލު މައްސަލަ ހާމަކޮށްފައި ވާތީ އަދަދު ނޫހަށް ޝުކުރުއަދާ ކުރައްވައިފައެވެ.
މީގެއިތުރުން ވަޒީރު ވަނީ ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ނަފުރަތު އުފައްދަން ކުރެވޭ މަސައްކަތާއިމެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ ޑރ. ޙަސަން ޙަމީދުގެ ނަން ފާހަގަ ކުރައްވައިފައެވެ.
އަދަދު ނޫހުން ހާމަކޮށްފައިވާ ގޮތުގައި ސަޤާފީ ތަރިކައިގެ ޤާނޫނަށް ހަތް އަހަރު ވެގެން ދިޔައިރު، އެ ޤާނޫނުގައި ބުނާ ގޮތަށް ސަޤާފީ ތަރިކައިގެ ދަފްތަރު އަދާހަމަކޮށް، މުރާޖާނުކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. އަދި އެ ޤާނޫނުގައި ބަޔާންކޮށްފައި ވަނީ ކޮންމެ ދެ އަހަރުން އެއް އަހަރު ސަޤާފީ ތަރިކައިގެ ދަފްތަރު މުރާޖައާކޮށް، އަންނަ ބަދަލުތައް އާންމުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މި ދަފްތަރު ފެނޭތޯ އަދަދު ނޫހުން ބެލިއިރު ގެޒެޓުން ފެނުނީ މީގެ ހަތް އަހަރު ކުރިން މާޗު 27، 2019 ގައި ޝާއިއުކޮށްފައިވާ "ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރު" ކަމަށާއި އޭގެފަހުން މި ދަފްތަރު އަދާހަމަކުރަން ޖެހޭ ތިން މުއްދަތު (2021، 2023، 2025) ފަހަނައަޅައި ދިޔަ ނަމަވެސް އާ ލިސްޓެއް ނުނެރޭ ކަމަށް އަދަދު ނޫހުގައި ރިޕޯޓޮކޮށްފައިވެއެވެ.
ބަންޑާރަ މިސްކިތް ހުރި ތަނުގައި ބޮޑު މިސްކިތެއް އަޅަން ނިންމީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި އެ ތަން ހިމެނިފައި ނެތުމުން ކަމަށާއި އަދި މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފައި ކަމަށް ވެސް ޑރ. ޝަހީމް ރޭ ވަނީ ވިދާޅުވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޙައްޖު ކިއު ދިގުވުން އެއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން: ޑރ. ޝަހީމް2026 އޭޕްރީލު 22
ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދިނުމަށް އިލްތިމާސްކުރަން: ޑރ. ޝަހީމް2026 މާރިޗު 26
ދެ އިންތިޚާބު އެއްކޮށްލުމުގެ ވިސްނުމާއެކު ކުރިއަށް ދިއުމަށް ޑރ. ޝަހީމް ގޮވާލައްވައިފި2026 ފެބްރުއަރީ 24
ޚިޔާލުފާޅުކުރުމުގެ ނަމުގައި ކުރާ، އިސްލާމްދީނުގެ ޙުރުމަތް ކެނޑޭ ފަދަ ޢަމަލުތައް ބަލައެއް ނުގަނެވޭނެ: ޑރ. ޝަހީމް2026 ޖެނުއަރީ 24