
ޙައްޖު ކިއު ދިގުވުން އެއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން: ޑރ. ޝަހީމް
ޒައުޖަތު އަޙުމަދުޙައްޖު ކިއު ދިގުވުން އެއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރެއްވުމަށް ކުރިއަށް ގެންދިޔަ ވަގުތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި މި މައްސަލައަކީ ކޮވިޑްގެ ސަބަބުން ޙައްޖުގެ ކިއު ދިގުދެމިގެން ދިއުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ޙައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކަށް އިސްކަން ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މުހިއްމު ނިންމުންތަކެއް ވަނީ ނިންމަވާފައިވާ ކަމަށާއި އެގޮތުން 65 އަހަރުން މަތީގެ މީހުންނަށް ޚާއްސަ އިސްކަން ދިނުން ހިމެނޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން އަބަދުވެސް ދިވެހިރާއްޖޭގެ ހައްޖުވެރިންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް ރާއްޖެއިން ޙައްޖަށް ދާން ލިބެނީ 1000 ކޯޓާއެވެ. ޙައްޖު ކޯޓާ ޤައުމުތަކަށް ހަމަޖައްސަނީ އެ ޤައުމެއްގެ މުސްލިމް އާބާދީގެ ނިސްބަތުން ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހިތަދޫ އުތުރު ދާއިރާގެ މަޖިލީސް ގޮނޑިއަށް ޕީއެންސީ ޓިކެޓް ހޯދަން ދެ ބޭފުޅަކު ކުރިމަތިލައިފި2026 އޭޕްރީލު 19
އައި.ޕީ.ޔޫގެ 152ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަޤްރީރުކުރައްވައިފި2026 އޭޕްރީލު 17
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ބައިވެރިވުމަށް ޕީއެންސީން ފުރުޞަތު ހުޅުވާލައިފި2026 އޭޕްރީލު 14
ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދިނުމަށް އިލްތިމާސްކުރަން: ޑރ. ޝަހީމް2026 މާރިޗު 26