ހިތަދޫ އުތުރު ދާއިރާގެ މަޖިލީސް ގޮނޑިއަށް ޕީއެންސީ ޓިކެޓް ހޯދަން ދެ ބޭފުޅަކު ކުރިމަތިލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަން ޕީއެންސީން ހުޅުވާލި ފުރުސަތުގައި އެ ދާއިރާގެ މެމްބަރު ކަމުގައި ކުރިން ހުންނެވި މުޙައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) ކުރިމަތިލައްވައިފިއެވެ.
ޕީއެންސީގެ ޓިކެޓުގައި ބައި އިލެކްޝަނުގައި ވާދަކުރައްވާނެ ބޭފުޅުންގެ ނަން ހުށަހެޅުމަށް މިއަދުގެ ހަވީރު ހައެއް ޖެހުމާ ހަމައަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ އެ ދެބޭފުޅުން އެކަނި ކަމަށް އެނގިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ޙުކުމް ކުރުމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން ސައީދަކީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ މޫލެކެޑެ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ނަޒީރާ ވާދަކުރައްވައި ސައީދު ބަލިވީ އެންމެ ނުވަ ވޯޓުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން 6 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު ޕީއެންސީގެ ޓިކެޓު ދޭނެ ކެންޑިޑޭޓަކު ހޮވަން އެ ޕާޓީގެ ޕްރައިމަރީ ބާއްވާނީ މި މަހުގެ 25 ގައެވެ.
އިތުރަށް





.gif.gif&w=828&q=100)