ހަނގުރާމައިގައި އީރާނުން މަރުވި މީހުންގެ އަދަދު 1،407 އަށް އަރައިފި

އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުން އަންނަ ހަމަލާތަކުގައި މަރާލި މީހުންގެ އަދަދު 1407 އަށް އަރައިފިއެވެ.
އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުން މަރުވި މީހުންގެ އަދަދު ވަނީ 1،407 އަށް އަރާފައެވެ. އޭގެ ތެރޭގައި 214 ކުޑަކުދިން ހިމެނޭ ކަމަށެވެ.
އަދި އެ ހަމަލާތަކުގައި 18،551 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން ހުއްޓުމެއް ނެތި މިއަދާއި ހަމައަށް ހަމަލާތައް ދެމުން އަންނައިރު، އީރާނުން ވެސް ދަނީ ރައްދު ހަމަލާތައް ދެމުންނެވެ.
އަސްކަރީ ކުރިމަތިލުމުގައި އީރާނުން މިހާތަނަށް އިސްރާއީލަށް ސީދާ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގައުމުތަކަށް ވެސް އީރާނުން ވަނީ ހަމަލާތައް ދީފައެވެ.
އިތުރަށް





.gif.gif&w=828&q=100)
