logologologologo
STO
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ދޭ އުޞޫލު އިޞްލާޙްކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ދޭ އުޞޫލު އިޞްލާޙްކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މާރިޗު 11

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ދޭ އުޞޫލު އިޞްލާޙްކޮށްފިއެވެ.

މިކަމާއި ގުޅިގެން ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާޢިލީ ބޯހިޔާވަހިކަން" ޕުރޮގުރާމުގެ ގެ ތެރެއިން، 28 ޑިސެންބަރު 2025 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު ނަންބަރު 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭގޮތަށް ހަދައި، އެ ކެޓަގަރީގެ ޝަރުތުތަކާއި، އެ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި، ޕޮއިންޓު ދިނުމުގެ އުސޫލާއި، ހައުސިންގ ޔުނިޓު ކަނޑައަޅާ ގޮތްތައް ހިމަނައި، އެ އުސޫލަށް 1 ވަނަ އިސްލާޙު ގެނެސްފައިވާ ކަމަށެވެ.

އިޞްލާޙް ގެނެވުނު އައު އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 24 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 30 އެޕްރީލު 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

 

 

މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ  https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ދަށުން ފުލެޓަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެ ވުޒާރާއިން މިއަދު ކުރި އިޢުލާނުގެ ޖަދުވަލުގައި ބަޔާންކޮށްފައިވެއެވެ.

MALDIVE GASAllied Insurance
އިތުރަށް