logo
logo
ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރާނެ ކަމަށް

ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރާނެ ކަމަށް

2024 ޑިސެމްބަރު 10
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މި ސަރުކާރުން ދެން ކުރާނެ ކަމަކީ ވެރިކަމުގެ ފުރަތަމަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯލިހު މިފަދައިން ވިދާޅުވީ އެމްޑީޕީން ކާނިވާ ސަރަހައްދުގައި މިހާރު ކުރިޔަށް ގެންދާ އެޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސޯލިހު ވިދާޅުވީ ރައީސް ޑރ މުޢިއްޒު ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކޮށް ކޯޓުތަކުގެ މިވަންކަން ކަނޑާލާ އަސްލު ކުލަވަރު ދައްކާނެ ކަމަށެވެ. ސޯލިހު މިފަދައިން ވިދާޅުވީ ނަމަވެސް ރައީސް މުޢިއްޒުގެ ސަރުކާރަށް އަހަރެއް ވެގެންދިޔަ އިރުވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބެންޗު ބަދަލު ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް އަދި ނުސީދާ ޕްރެޝަރެއް ވެސް ފެންނާކަށް ނެތެއެވެ.

ސޯލިހު މިފަދައިން ވިދާޅުވިއިރު އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު ކުރިން ސުޕްރީމް ކޯޓުގެ ބެންޗުގައި ހުރި ހުރިހާ ފަނޑިޔާރުން ވަނީ ވަކިކޮށްފައެވެ. އަދި ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ އަހަރު ކުރަން ފެށިކަން ފާހަގަކޮށްލެވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް