
އިންތިހާއަށް ކޮރަޕްޝަން ހިންގި ފެނަކައިން ކަންކަން ކުރިޔަށްގެންދިޔައީ ރަނގަޅަށް ކަމަށް ދޭހަވާ މޭރުމަކުން ސޯލިހު ވާހަކަދައްކަވައިފި
ފެނަކަ ކޯޕަރޭޝަންއާ ދެކޮޅަށް އޭރު ކުރެވުނު ތުހުމަތުތަކާއި، ފާހަގަ ކޮށްފައިވާ މައްސަލަތައް ޙައްލު ކުރުމަށް އެ ކުންފުންޏަށް އޭރު އަންގާފައި ވާނެ ކަމަށާއި، އަދި އެ ކުންފުނިން އެކަން ރަނގަޅު ވެސް ކޮށްފައި އޮތް ކަމަށް ކުރީގެ ރައީސް އިބްރާހީމް ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ހެނދުނު ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ފެނަކައާ ގުޅޭ ގޮތުން އޭސީސީ އިން ތައްޔާރު ކޮށްފައި އޮތް ރިޕޯޓެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެގޮތުން އޭސީސީ އިން އަންގާފައި އޮތީ އޭރު ފެނަކައިގައި ކަންކަން ހިނގަމުން އަންނަ ގޮތުން ކޮރަޕްޝަނަށް މަގު ފަހިވާ ކަމަށާއި، އެކަން އެކަން އިސްލާހު ކުރުމަށް އަންގާފައިވާ ކަމަށެވެ. އެއާއެކު، ވަކި މުއްދަތެއްގެ ތެރޭގައި އެކަންކަން އިސްލާހު ކުރުމަށް ފިނޭންސް މިނިސްޓްރީ އިން، ޕީސީބީ މެދުވެރިކޮށް ފެނަކަ އަށް އެންގި ކަމަށް ސޯލިހު ވިދާޅުވި އެވެ. ސޯލިހު ވިދާޅުވީ ފެނަކައިން ވައްކަމުގެ ކަންކަން ފަޅާއެރުމުން އެކަންކަން ފަހުން ރަނގަޅުކޮށްފައިވާ ކަމަށެވެ.
ސޯލިހު މިފައިން ވިދާޅުވި ނަމަވެސް ދައުރު ނިމެންދެންވެސް ފެނަކައިން ބޮޑަތި ވައްކަން ކުރަމުން ދިޔަކަމަށް މިއަދުވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ފެނަކައިން ސޯލިހު ސަރުކާރުގައި ކޮށްފައިވާ ވައްކަންތައް ވަނި ދާދި ފަހުން ނެރުނު އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައެވެ. އޭގެ ތެރޭގައި ފާހަގަ ކޮށްލެވޭ ބައެއް ކަންކަމަކީ:
- ދޯނިފަހަރު ނުގެންގުޅޭ 14 ކުންފުންޏަކާއެކު މުދާއުފުލުމުގެ އެއްބަސްވުން ހެދުން
- ބިޑަކާ ނުލައި، ފެނަކައަށް އަޑީތެޔޮ ގަތުމަށް ކުރީގެ މެމްބަރު ހުސައިންގެ ކުންފުންޏަށް 112 މިލިއަން ދިނުން
- ޕެޓީ ކޭޝްގެ ނަމުގައި ފެނަކަ ޕްރޮޖެކްޓްތަކުން މުވައްޒަފުންގެ އަތަށް 26 މިލިއަން ބޭރުކުރުން
- ގަވާއިދާ ހިލާފަށް ސައީދުގެ އާއިލީ ކުންފުނިތަކާއެކު 92 އެއްބަސްވުމެއް ހަދައި، 31 މިލިއަން ރުފިޔާ ދޫކުރުން
- ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 1.4 ބިލިއަންގެ އެއްބަސްވުން ހެދުން
- ރަށްރަށަށް މުދާ އުފުލުމުގައި 47 މިލިއަން ރުފިޔާގެ "ކަޓެއް" ނެގުން
- ބޭނުންކޮށްފައި ހުރި ދެ މިލިއަން ރުފިޔާގެ ޖެނެރޭޓަރެއް 17 މިލިއަނަށްފެނަކައިން ގަތުން
ސޯލިހްގެ ވެރިކަމުގައި 2021، 2022 އަދި 2023 ވަނަ އަހަރު ފެނަކަ އިން ހިންގި ކޮރަޕްޝަންގެ ބޮޑެތި ކަންކަން ފަޅާ އަރުވާލީ މިދިޔަ ހަފްތާގައި އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ފެނަކައިގެ ހާއްސައޮޑިޓް ރިޕޯޓުންނެވެ. އެ ރިޕޯޓުން ހާމަކުރި ގޮތުގައި 2.2 ބިލިއަން ރުފިޔާގެ ވައްކަން ވަނީ ކޮށްފައެވެ.
އެ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދިން މައްސަލައިގައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ނަޝީދު ސޮއިކުރާ ޖަލްސާ ސޯލިހު ފެކްޝަނުން ބޮއިކޮޓް ކުރަނީ 2025 ޖޫން 23
ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރާނެ ކަމަށް2024 ޑިސެމްބަރު 10
އެމްޑީޕީ ޖަލްސާގައި މީހުން މަދުވީ މަސްވެރިންގެ ދުވަހު މީހުން މަހަށް ދިޔުމުން ކަމަށް ސޯލިހު ވިދާޅުވެއްޖެ2024 ޑިސެމްބަރު 10
ގޭގައި އަރާމުކޮށްލަން ހުރެވުނީސް، އެކަމު މަޖިލިސް ގެއްލިއްޖެނަމަ އޮތީ ހީނުކުރާވަރުގެ އުނދަގޫ: ސޯލިހު 2024 އޭޕްރީލު 16