
ނަޝީދު ސޮއިކުރާ ޖަލްސާ ސޯލިހު ފެކްޝަނުން ބޮއިކޮޓް ކުރަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް ސޮއި ކުރަން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ބައިވެރިނުވާން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ސަޕޯޓަރުންގެ ކިބައިން އެދިއްޖެއެވެ.
"ދުވެލި" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިރޭގެ ޖަލްސާގައި ރައީސް ސޯލިހުގެ ސަޕޯޓަރުން ގާތުގައި ޖަލްސާގައި ބައިވެރި ނުވުމަށް އެދުނީ ސީދާ ރައީސް ސޯލިހު އެވެ.
ނަޝީދު ސޮއި ކުރާ ޖަލްސާގައި ބައިވެރި ނުވާން އިބޫ އެދިފައިވާކަން ސަޕޯޓަރުންނަށް ފޯނުން ގުޅައިގެން އަންގަމުން ގެންދަނީ އިބޫ ފެކްޝަންގައި އިސްކޮށް މަސައްކަތް ކުރާ ބައެއް ބޭފުޅުންނެވެ. ނަޝީދު އެމްޑީޕީއަށް އައުން އެއީ ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަ ކުރަން ސޯލިހު ބޭނުން ނުވާ ކަމަށާއި ސޯލިހު ބޭނުންވަނީ ވީހާވެސް މަދުން މީހުން ބައިވެރިވެ މިހާރު އެމްޑީޕީގައި ނަޝީދުގެ ސަޕޯޓް ނެތްކަން ދައްކަން ކަމަށް މައުލޫމާތު ލިބެއެވެ.
ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެ ޓިކެޓަށް ވާދަކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަން ރޭ ރަސްމީކޮށް ވަނީ އިއުލާންކޮށްފި އެވެ.
ސޯލިހުގެ މި ނިންމެވުން އިއުލާން ކުރެއްވީ، އެމަނިކުފާނަށް ތާއީދުކުރައްވާ ޓީމާއެކުގައި މާލޭގައި ބޭއްވި ކެއުމެއްގައި، ސޯލިހުއާ އެންމެ ގާތުން މިހާރު މަސައްކަތް ކުރަައްވާ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
މި ކެއުމުގައި ބައިވެރިވެ، ސޯލިހުގެ ނިންމެވުމަށް ތާއިދުކުރާ ކަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސޯލިހު ނިންމެވިއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އީރާނުގައި މުޒާހަރާކުރާ ފަރާތްތަކާއިއެކު ސާބިތުވެ ހުންނެވިކަމަށް ނަޝީދު ވިދާޅުވެއްޖެ2026 ޖެނުއަރީ 13
ފައްޔާޒްގެ މަސައްކަތްތަކަށް ނަޝީދުގެ ތައުރީފް!2025 ނޮވެމްބަރު 24
އިންތިހާއަށް ކޮރަޕްޝަން ހިންގި ފެނަކައިން ކަންކަން ކުރިޔަށްގެންދިޔައީ ރަނގަޅަށް ކަމަށް ދޭހަވާ މޭރުމަކުން ސޯލިހު ވާހަކަދައްކަވައިފި 2025 އޮކްޓޯބަރު 02
އދ. ގެ މައި މަރުކަޒަށް ވެންނެވުމަށް ފާސް ހޯދުމަށް ރައީސް ނަޝީދުގެ އޮފީހުން އެދިފައެއް ނުވޭ: ޚާރިޖީ ވުޒާރާ2025 ސެޕްޓެމްބަރު 23