
އދ. ގެ މައި މަރުކަޒަށް ވެންނެވުމަށް ފާސް ހޯދުމަށް ރައީސް ނަޝީދުގެ އޮފީހުން އެދިފައެއް ނުވޭ: ޚާރިޖީ ވުޒާރާ
ޒައުޖަތު އަޙުމަދުއދ. ގެ މައި މަރުކަޒަށް ވެންނެވުމަށް ފާސް ހޯދުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން ރަސްމީކޮށް އެދިފައި ނުވާކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްޢިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމުގެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ވާހަކައާ ގުޅޭގޮތުންޚާރިޖީ ވުޒާރާއިން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްޢިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން މި މިނިސްޓްރީގައި ރަސްމީކޮށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ.
"އެމަނިކުފާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށްވުމުން، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ ޢިއްޒަތް އެމަނިކުފާނަށް ވެސް ގެންދަނީ އަރުވަމުންނެވެ. އެގޮތުން، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން، ބޭރުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މި މިނިސްޓްރީއާއި އެ ޤައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން މިހާތަނަށް ވެސް ވާނީ ހަމަޖައްސާފައެވެ." ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
ޚާރިޖީ ވުޒާރާއިން ވަނީ ކުރިއަށް އޮތްތާނގައިވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަޤީންކަން އަރުވައިފައެވެ.
ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދަށް އެ ތަނަށް ވަނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާ އެކަމަކު އަބަދުވެސް ދިވެހި ދިދަ އާއި ނިޝާން ޖެހި ފާހުގައި ތަމްސީލުވާން ނަޝީދު އެދިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެ ފާސް ހޯދުމަށް އެދިވަޑައިގަތީ އެ ސަބަބާ ގުޅިގެން ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ބަންގުލަދޭޝްއަށް ދާ މީހުންނަށް އޮން އެރައިވަލް ވިސާ ދޭން އަލުން ނިންމައިފި2026 ޖެނުއަރީ 14
ބަންގުލަދޭޝްގެ އިންތިޚާބާއި ގުޅިގެން އޮން އެރައިވަލް ވިސާ މެދުކަނޑާލަނީ 2026 ޖެނުއަރީ 13
އީރާނުގައި މުޒާހަރާކުރާ ފަރާތްތަކާއިއެކު ސާބިތުވެ ހުންނެވިކަމަށް ނަޝީދު ވިދާޅުވެއްޖެ2026 ޖެނުއަރީ 13
މުހިއްމު 3 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ޗައިނާއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި2025 ޑިސެމްބަރު 25