logologologologo
STO
ޚަބަރު

އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ތިން ބޭފުޅަކު ޢައްޔަނު ކުރައްވައިފި

އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ތިން ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 26

އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ތިން ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މި ސަރުކާރުގައި ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރުކަން ކުރެއްވި އާދަމް ޝަރީފު ޢުމަރު، މި ސަރުކާރުގެ ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބުރާހީމް އަދި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސަޢީދުއެވެ.

މި ތިން ބޭފުޅުން ވެސް ޢައްޔަނު ކުރެއްވީ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށެވެ.

މި ބޭފުޅުން އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ އެކި ދުވަސްމަތީންނެވެ. އަދި މިކަން ވަނީ ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ޔަޤީންކޮށްދެއްވިއެވެ.

ކުރީގެ ދެ ވަޒީރުން ކަމުގައިވާ އާދަމް ޝަރީފް އަދި ޠާރިޤް އިބުރާހީމްގެ މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 10 ވަޒީރަކު އިސްތިޢުފާ ދެއްވުމާއި ގުޅިގެން، ސަރުކާރުގެ ވުޒާރާތަކުގެ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެންނެވިއެވެ.

މި 10 ވަޒީރުން އިސްތިޢުފާ ދެއްވުމާއި ގުޅިގެން ރައީސް އޮފީހުން ބުނީ އެބޭފުޅުން އިސްތިޢުފާ ދެއްވީ ރައްޔތުންގެ ވިންދާއި އެއްގޮތަށް ސަރުކާރު ހިންގުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށެވެ.

 

 

MALDIVE GASAllied Insurance
އިތުރަށް