ވިސާއާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

ވިސާއާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.
ދިވެހި ޚާރިޖީ ވުޒާރާއިން ބުނީ އަޒަރުބައިޖާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި ނުވަދިހަ (90) ދުވަހުގެ މުއްދަތަށް އެ ޤައުމަށް ޒިޔާރަތް ކުރެވޭގޮތަށް މިއަދުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ.
އެ ވުޒާރާއިން ބުނީ 24 ސެޕްޓެމްބަރ 2025 ގައި ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދު ޢަމަލުކުރަން ފެށުމާ އެކު، އޯރޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން ނުވަދިހަ (90) ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި ވިސާ އާ ނުލައި މަޑުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، 18 ޖޫން 2025 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭގޮތަށް، ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
"ނަމަވެސް، އެ ޤައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހޭނެއެވެ." ޚާރިޖިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)
