
އެމްޑީޕީ ޖަލްސާގައި މީހުން މަދުވީ މަސްވެރިންގެ ދުވަހު މީހުން މަހަށް ދިޔުމުން ކަމަށް ސޯލިހު ވިދާޅުވެއްޖެ
އެމްޑީޕީން މިރޭ ބާއްވާ ޖަލްސާއަށް މީހުން މަދުވީ މިރޭ މިއުޒިކް ޝޯއެއް ބޭއްވުމުންނާއި މަސްދަތުރެއް އޮވެގެން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީގެ ދިފާއުގައި މި ނަމުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދުވީ މަސްވެރިންގެ ދުވަހާ ގުޅުވާގެން ބާއްވާ މަސްރޭހާ ގުޅިގެން ކަމަށެވެ. އަދި މަސްރޭހުގެ އިތުރުން މިރޭ އޮތް މިއުޒިކް ޝޯއެއްގެ ސަބަބުން ވެސް ޖަލްސާއަށް އައި މީހުންގެ އަދަދު މަދުވިކަން ސޯލިހު ފާހަގަ ކުރެއްވިއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން މިރޭ ބާއްވާ ޖަލްސާއަށް މުޅި ރާއްޖެއިން މީހުން ގެނެސްގެން ވެސް ކާނިވާ ސަރަހައްދަށް އެއްކޮށްލެވިފައިވާ މީހުންގެ އަދަދު 700 އަށް ވުރެ ގިނައެއް ނުވާނެއެވެ. އަދި ޖަލްސާގައި ހުސް ގޮނޑި ގިނަވުމާ ގުޅުގެން އެޕާޓީއަށް އާންމުންގެ ގިނަ ފާޑު ކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އިންތިހާއަށް ކޮރަޕްޝަން ހިންގި ފެނަކައިން ކަންކަން ކުރިޔަށްގެންދިޔައީ ރަނގަޅަށް ކަމަށް ދޭހަވާ މޭރުމަކުން ސޯލިހު ވާހަކަދައްކަވައިފި 2025 އޮކްޓޯބަރު 02
ނަޝީދު ސޮއިކުރާ ޖަލްސާ ސޯލިހު ފެކްޝަނުން ބޮއިކޮޓް ކުރަނީ 2025 ޖޫން 23
ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރާނެ ކަމަށް2024 ޑިސެމްބަރު 10
ގޭގައި އަރާމުކޮށްލަން ހުރެވުނީސް، އެކަމު މަޖިލިސް ގެއްލިއްޖެނަމަ އޮތީ ހީނުކުރާވަރުގެ އުނދަގޫ: ސޯލިހު 2024 އޭޕްރީލު 16