އެމެރިކާއިން އިރާނުގެ ތެޔޮ ކާރުހާނާއަކަށް ހަމަލާދީފި

އެމެރިކާ އާއި އިޒްރޭލުން އިރާނުގެ ވެރިރަށް ތެހެރާންގައި ހުރި ތެޔޮ ރައްކާކުރާ ގުދަންތަކާއި ތެޔޮ ސާފުކުރާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މިއީ މިފަދަ މަރުކަޒުތަކަށް އަމާޒުކޮށް މި ފަހަރުގެ ހަނގުރާމައިގައި ހަމަލާދިން ފުރަތަމަ ފަހަރެވެ.
މި ހަމަލާތައް ދީފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ތެހެރާންގެ ތެޔޮ ގުދަންތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން ބޮޑެތި ގޮވުންތަކެއް ގޮވައި، މުޅި ސަރަހައްދުގައި ބޮޑެތި އަލިފާންގަނޑުތައް ވަނީ އުފެދިފަ އެވެ. މީގެ އިތުރުން، ގަލްފުގެ ބައެއް އެހެން ގައުމުތަކުގެ މުހިންމު މަރުކަޒުތަކަށް ވެސް އިސްރާއީލުން ދަނީ މެދުނުކެނޑި ހަމަލާދެމުންނެވެ.
މި ހަމަލާތަކުގެ މައިގަނޑު ބޭނުމަކީ އީރާނުގެ އިގްތިސާދީ ވަސީލަތްތައް ހަލާކުކޮށްލައި، އެ ސަރަހައްދުގައި އިސްރާއީލުގެ ނުފޫޒު ގަދަކުރުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
އިރާނުގެ އިސް ލީޑަރެއްކަމުގައިވާ އަލީ ލަރީޖާނީ ވަނީ އެމެރިކާގެ މި އަމަލުތަކަށް ހަރުކަށި ބަހުން ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ މި ހަނގުރާމައިގެ ގެއްލުމުގެ ބަދަލު އެމެރިކާއިން އަދާކުރަން ޖެހޭނެ ކަމަށާއި، އެމެރިކާގެ ލަނޑުދަނޑިތައް ނާކާމިޔާބުވަމުންދާ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)
