ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރިއަށް، އިތުރު 2 މީހުން ހައްޔަރުކޮށްފި

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން އިތުރު 2 މީހުން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، މާލޭގައި ބިދޭސީން ހަރަކާތްތެރިވާ 4 ސަރަހައްދެއް އިއްޔެ ބަލާފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ 02 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އިމިގްރޭޝަނުން ފާއިތުވި ހަފްތާގައި ވެސް ވަނީ މިފަދަ ބިދޭސީން ދެނެގަތުމަށް އޮޕްރޭޝަންތައް ހިންގައިފައެވެ. އެގޮތުން 21 ބިދޭސީއަކު ބަލާފާސްކޮށް އޭގެތެރެއިން ޤަވާޢިދާ ޚިލާފަށް އުޅެމުން އައި 1 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެދަށަށް ގެންދިޔަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ޤަވާޢިދާ ޚިލާފާސް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލައަކީ ޒަޟަންވީ މައްސަލއެއް ނަމަވެސް ފާއިތުވި ސަރުކާރުތަކުގައި މިކަމަށް ހައްލެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ކަމާބެހޭ އިދާޜާތައް ހިމަނައިގެން ޚާއްޞަ ޓާސްކްފޯހެއް އުފައްދަވައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
