logologologologo
STO
ޚަބަރު

ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު މި އަހަރުގެ 6 ވަނަ ކުރޫޒްލައިނާ ރާއްޖެ އަތުވެއްޖެ

ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު މި އަހަރުގެ 6 ވަނަ ކުރޫޒްލައިނާ ރާއްޖެ އަތުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ފެބްރުއަރީ 19

ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު މި އަހަރުގެ 6 ވަނަ ކުރޫޒްލައިނާ ރާއްޖެ އަތުވެއްޖެއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި ސީޝެލްސްގެ ވިކްޓޯރިއާ ޕޯޓުން ފުރައިގެން ރާއްޖެއަށް އައިސްފައިވަނީ "އެމްއެސް ކްރިސްޓަލް ސިންފޮނީ" ނަމަކަށް ކިޔާ ކްރޫޒްލައިނާއެކެވެ.

މި އުޅަނދުން 587 ފަތުރުވެރިންނާއި 489 ކްރޫ މެންބަރުން އައިސްފައިވާއިރު އެ މީހުންނަށް ކްލިއަރަންސް ދިނުމުގެ މަރުހަލާ ފުރިހަމަކޮށްފައިވަނީ އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުންނެވެ.

މި އުޅަނދު ރާއްޖެއިން ފުރުއިގެން ދެން ދަތުރުކުރާނީ ސްރީލަންކާގެ ކޮލޮމްބޯއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

 

 

މިއަހަރުގެ މިހާތަނަށް 6 ކްރޫޒްލައިނާ ރާއްޖެ އައިސްފައިވާއިރު، ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް އާދެއެވެ. ހަމައެހެންމެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

MALDIVE GASAllied Insurance
އިތުރަށް