
އިތުރު ކާމިޔާބީއެއް، މިއަހަރުގެ މިހާތަނަށް 4 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި
ޒައުޖަތު އަޙުމަދުރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، މިއަހަރުގެ މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.5 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 418،034 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 381،870 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
ޗައިނާއިން ވަނީ 67،185 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެއީ 46،636 ފަތުރުވެރިންނެވެ. މީގެއިތުރުން އިޓަލީވިލާތް: 40،345 ފަތުރުވެރިން، އިނގިރޭސިވިލާތް: 38،162 ފަތުރުވެރިން އަދި ޖަރުމަނުވިލާތް: 24،980 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.
ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 283،272 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ 111،390 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 8000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 416،969 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި 1065 ފަތުރުވެރިން ރާއްޖެ އައީ ކަނޑުމަގުންނެވެ.
ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު 2024 ވަނަ އަހަރު ވެގެންދިޔައީ އެއް އަހަރުތެރޭ ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އަހަރުގެ ގޮތުގައެވެ. ހަމައެއާއިއެކު 2025ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެ 2 މިލިއަން 2 ލައްކައަށް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު މި އަހަރުގެ 6 ވަނަ ކުރޫޒްލައިނާ ރާއްޖެ އަތުވެއްޖެ2026 ފެބްރުއަރީ 19
އިތުރު ރެކޯޑެއް، މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އަހަރަކަށް މިއަހަރު!2025 ޑިސެމްބަރު 28
6 ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލް މަންޒިލްގެ ލަގަބު ރާއެްޖެއަށް ލިބިއްޖެ 2025 ޑިސެމްބަރު 07
ކައުންސިލްތަކަށް ފަތުރުވެރިކަމުގެ ނަފާ ލިބޭގޮތަށް ޤާނޫނު އިޞްލާޙްކޮށް ޢަމަލުކުރަންފަށައިފި2025 ޑިސެމްބަރު 06