logo
logo
އިތުރު ރެކޯޑެއް، މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އަހަރަކަށް މިއަހަރު!

އިތުރު ރެކޯޑެއް، މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އަހަރަކަށް މިއަހަރު!

2025 ޑިސެމްބަރު 28
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އަހަރަކަށް މިއަހަރު ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން އައީ މިދިޔަ 2025 އަހަރުއެވެ. އެ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެމްބަރ 26 ވަނަ ދުވަހުއެވެ. މިއަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ މިދިޔަ އަހަރާއި އަޅާބަލާއިރު 1 މަސްދުވަހު ކުރިން މިދިޔަ ނޮވެމްބަރު 27 ގައެވެ.

މިދިޔަ އަހަރު ސަރުކާރުން އަމާޒު ކުރީ 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މި އަހަރު ސަރުކާރުން އަމާޒުކުރީ 2.2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް މިވަނީ ވާޞިލުވެފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2,213,795 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ، 2,014,577 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %10 އިތުރުވުމެކެވެ.

ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ 27 ދުވަސްތެރޭ ރާއްޖެއަށް ވަނީ 191,734 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %8.4 އިތުރު އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ: 328,503 ފަތުރުވެރިން، ރަޝިއާ: 272,852 ފަތުރުވެރިން، އިނގިރޭސިވިލާތް: 199,570 ފަތުރުވެރިން، ޖަރުމަނުވިލާތް: 166,079 ފަތުރުވެރިން
އިޓަލީވިލާތް: 147,529 ފަތުރުވެރިންނެވެ.

ފަތުރުވެރިނަކަމާ ގުޅޭ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،466 ފަތުރުވެރިން އާދެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް