logologologologo
STO
ވިޔަފާރި

މިމަހު 25 ވަނަ ދުވަހު 7 ހާހަށްވުރެ ފަތުރުވެރިން ރާއްޖެ އައި، ޖުމްލަ ނަމްބަރު 1.2 މިލިއަނަށް އަރައިފި

މިމަހު 25 ވަނަ ދުވަހު 7 ހާހަށްވުރެ ފަތުރުވެރިން ރާއްޖެ އައި، ޖުމްލަ ނަމްބަރު 1.2 މިލިއަނަށް އަރައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 29

މެދުއިރުމަތީގެ ހަނގުރާމަ ފެށުނުފަހުން މިމަހުގެ 25 ވަނަ ދުވަހު ރާއްޖެއަށް ވަނީ 7,000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. މިއާއެކު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ 1.2 މިލިއަން ފަހަނަ އަޅާފަ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 1,229,419 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު އައި 1,287,850 ޓޫރިސްޓުންނާ އަޅާބަލާއިރު  %4.5 ގެ ދަށްވުމެކެވެ. 

އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  •  ޗައިނާ - 210,109 ފަތުރުވެރިން (17.4%)
  •  ރަޝިއާ - 175,814 ފަތުރުވެރިން (14.6%)
  •  ޔޫ.ކޭ - 96,179 ފަތުރުވެރިން (8.0%)
  •  އިޓަލީ - 78,982 ފަތުރުވެރިން (6.6%)
  •  ޖަރުމަނުވިލާތް - 75,550 ފަތުރުވެރިން (6.3%)
  •  އިންޑިއާ - 71,084 ފަތުރުވެރިން (5.9%)
  •  ފަރަންސޭސިވިލާތް - 31,350 ފަތުރުވެރިން (2.6%)
  •  އެމެރިކާ - 30,500 ފަތުރުވެރިން (2.5%)
  •  އޮސްޓްރޭލިއާ - 28,156 ފަތުރުވެރިން (2.3%)
  •  ސްވިޒަރލެންޑް - 23,708 ފަތުރުވެރިން (2.0%)

މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުންނާއެކު ޓޫރިޒަމްގެ ރެކޯޑެއް ގާއިމް ކުރި އެވެ. މި އަހަރުވެސް އެ އަދަދަށް ޓޫރިސްޓުން އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ.

 އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް ވައިގެ ދަތުރުފަތުރުގެ މަގުތަކަށް އައި ބަދަލުތަކާއި، ތެލުގެ އަގު އުފުލުމުގެ ސަބަބުން ޔޫރަޕް ފަދަ މުހިންމު މާކެޓުތަކުން ރާއްޖެއަށް ފަތުރުވެރިން އައުމަށް ހުރަސްތަކެއް ކުރިމަތިވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދަނީ މިކަންކަން މިޓިގޭޓްކޮށް (ގެއްލުން ކުޑަކޮށް) ވާނެ ގެއްލުން މުޅި އަހަރުގެ ނިސްބަތުން ވީހާވެސް ކުޑަކުރަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަމީން ވިދާޅުވި ގޮތުގައި، އަހަރުގެ ބާކީ އޮތް ތިންވަނަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރުގެ ބުކިންތަކަށް ބަލާއިރު ކުރިމަގު ފެންނަނީ ވަރަށް އުންމީދީ ގޮތެއްގައެވެ. އަދި ސިނާއަތުގެ މާހިރުންގެ އަންދާޒާތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޓާގެޓަށްވުރެ ދަށްނުވެ މިއަހަރު ނިންމާލެވޭނެ ކަމުގެ ޔަގީންކަން ބޮޑެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް