logologologologo
STO
ޚަބަރު

މިއަހަރުގެ ފުރަތަމަ ކުރޫޒް ޝިޕް ހާހެއްހާ މީހުންނާއެކު ރާއްޖެ އަތުވެއްޖެ

މިއަހަރުގެ ފުރަތަމަ ކުރޫޒް ޝިޕް ހާހެއްހާ މީހުންނާއެކު ރާއްޖެ އަތުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖެނުއަރީ 14

މިއަހަރުގެ ފުރަތަމަ ކުރޫޒް ޝިޕް ހާހެއްހާ މީހުންނާއެކު ރާއްޖެ އަތުވެއްޖެއެވެ.

އިމިގްރޭޝަނުން ވަނީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ކްރޫޒް ޝިޕް ކަމަށްވާ "އެމް.އެސް ކްރިސްޓަލް ސިމްފަނީ" އަށް އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތް ދީފައެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ​ސީޝެލްސްގެ މާހޭ އިން ފުރައިގެން ރާއްޖެއަށް ދަތުރުކުރި މި އުޅަނދުގައި ތިބި މީހުންނަށް އިމިގްރޭޝަން ކްލިއަރެންސް ދީފައިވަނީ ސީޕޯޓް ޑިވިޜަންގެ އޮފިސަރުން އުޅަނދު ދަތުރުކުރަމުން ދަނިކޮށް، (އެން ރޫޓް) ކަމަށެވެ.

މި ކުރޫޒް ޝިޕްގައި ​479 ފަސިންޖަރުންނާއި 491 ފަޅުވެރިން ހިމެނެއެވެ.

 

 

​އިމިގްރޭޝަނުން ބުނީ މިއީ ކްރޫޒް ޝިޕްތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް ގިނަ އަދަދެއްގެ ކްރޫޒް ޝިޕްތައް ރާއްޖެއަށް އަންނަކަން ފާހަގަ ކުރެވެއެވެ.

 

MALDIVE GASAllied Insurance
އިތުރަށް