އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އިތުރު 5 ސްޕާ ބަންދުކޮށްފި!

ޓާސްކްފޯހުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އިތުރު 5 ސްޕާ ބަންދުކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ސްޕާ/ސެލޫން ފަދަ ތަންތަނުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިއަ 17 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި 01 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މީގެއިތުރުން އިމިގްރޭޝަނުން ބުނީ އިއްޔެ ބަލާފާސްކުރި މި 17 ތަނުގެތެރެއިން 05 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޓާސްކްފޯހުން ހިންގަމުން އަންނަ މި އޮޕަރޭޝަންތަކުގައި މިހާތަނަށް މިފަދަ 16 ތަނެއް ބަންދުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
މަސާޖްޕާލާ ތަކަށް އަމާޒުކޮށް ބަލާފާސްކުރަން އޮޕަރޭޝަންތައް ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ މާލޭ ރައްޔިތުންނާއެކު މިފަހުން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ބައެއް ރައްޔިތުން، މާލޭގައި ހިންގާ މަސާޖްޕާލާތައް ހުއްޓުވައިދިނުމަށް އެދިފައިވަނިކޮށް ކަން ފާހަގަ ކުރެވެއެވެ. މި ބައްދަލުވުންތަކުގައި އާންމުންގެ ފަރާތުން ހުށަހަޅާ މިފަދަ މައްސަލަތައް ވަރަށް ގާތުން ބައްލަވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އިތުރަށް





.gif.gif&w=828&q=100)
