ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓްކުރަނީ!

ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅުމާއި ޖުވާއާ ގުޅުންހުރި ކުށްތަކެއްގައި 38 ބިދޭސީއަކު ހައްޔަރުކޮށް، އެމީހުން ޑީޕޯޓްކޮށްލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ގެނެސްފައިވަނީ ބުރާސްފަތި ދުވަހު ކަމަށެވެ.
މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މިއީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 ފިރިހެނުން ކަމަށާއި އެމީހުން، އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ޑީޕޯޓްކުރުމަށްޓަކައި، މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
ޤާނޫނާއި ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް އެންމެ ގިނަ މަސައްކަތެއް ކުރަމުން އަންނަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންކަން ފާހަގަކުރެވެއެވެ. އެގޮތުން މިސަރުކާރުން ވަނީ ކަމާބެހޭ މުއައްސަސާތައް ހިމެނޭހެން ޓާސްކްފޯހެއް އެކުލަވާލައި ރާއްޖޭގައި ޤާނޫނާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ދެނެގަނެ އެމީހުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
