
އީރާނުގެ ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮއްލައިފިން: އިޒްރޭލު
ނިރުބަވެރި އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިރޭ ވިދާޅުވީ ޚާމާނައީ އަވަހާރަވެފައިވާކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އަދި އަވަހާރަކޮށްލާފައިވާ ހާމަނާއީގެ ހަށިކޮޅުގެ ފޮޓޯތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫއަށް މިހާރު ލިބިފައިވާ ކަމަށް އިޒްރޭލްގެ މީޑިއާއަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މީގެ އިތުރުން ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އިޒްރޭލްގެ ސިފައިންގެ އިސްވެރިއަކު ބުނެފައިވާ ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓުކޮއްފައެވެ.
އެހެން ނަމަވެސް އީރާންގެ ސަރުކާރުން މިކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ. އަދި އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާންއާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ޚާމަނާއީ އާއި އީރާންގެ ރައީސް ވެސް ސަލާމަތުން އެބަތިއްބެވި ކަމަށެވެ.
އެމެރިކާއާއި ގުޅިގެން އިސްރާއީލުން އިއްޔެ އީރާނަށް ދޭން ފެށި ހަމަލާތަކުގެ ތެރެއިން ޚާމަނާއީ ގަނޑުވަރަށް ވަނީ ހަމަލާތަކެއްދީ، އެތަން ސުންނާފަތިކޮށްލާފައެވެ. އެތަން ސުންނާފަތިކޮށްލާފައިވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އައި ނަަމަވެސް އީރާނުން ބުނީ، އެ ހަމަލާދިން ވަގުތު ޚާމަނާއީ ގަނޑުވަރުގައި ނެތް ކަމަށެވެ.
އިސްރާއީލުން އީރާނަށް ހަމަލާތައް ދެމުން އަންނަނީ އިސްރާއީލުގެ ލީޑަަރުން ގަބޫލު ކުރާ ގޮތުގައި އެގައުމަށް ނުރައްކާތެރި، އިސްރާއީލަށް ވެސް ނުރައްކާވާ ވަރުގެ ނިއުކްލިޔާ ހަތިޔާރެއް އުފެއްދިދާނެތީ، އެކަން ނައްތާލުމުގެ ބޭނުމުގައެވެ. އެގޮތުން މީގެ ކުރިން ވެސް އެމެރިކާއިން ވެސް ވަނީ އީރާނުގެ ނިއުކްލިޔާ ބައެއް މަރުކަޒުތަކަށް ހަމަލާތަކެއް ދީފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most



