
އެމްޑީޕީގެ ވެރިންތަކެއް ވަޒީރު އިހުސާނުގެ ޢާއިލާގެ ވީޑިއޯއެއް އާންމުކުރި މައްސަލައެއް ފެންމަތިވެއްޖެ!
ޒައުޖަތު އަޙުމަދުއެމްޑީޕީގެ ވެރިންތަކެއް ވަޒީރު އިހުސާނުގެ ޢާއިލާގެ ވީޑިއޯއެއް އާންމުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާއި ގުޅިގެން ދާޚިލީ ވަޒީރު ޢަލީ އިހުސާން ވިދާޅުވީ ޢާއިލާގެ ވީޑިއޯއެއް ނަގައި މީސްމީޑިއާއަށް ލުމަކީ، އެމްޑީޕީގެ އިސް ދެ ވެރިޔަކު ހިންގި ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ.
ވަޒީރު އިހުސާން މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ޢާއިލާގެ ވީޑިއޯއެއް މަގުމަތިން، ހުއްދަ ނުހޯދާ ނެގި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވަޒީރު ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ނެގި މި ވީޑިއޯ ވަނީ، ކާކުކަން ނޭނގޭ އެކައުންޓަކުން މީސްމީޑިއާގައި ހިއްސާ ކޮށްފައި ކަމަށާއި ވީޑިއޯ ނަގާފައިވަނީ ދާޚިލީ ވަޒީރުގެ އަނބިކަނބަލުންނާއި، އުމުރުން 10 އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ކަމަށެވެ.
މި ވީޑިއޯ ނަގާފައިވަނީ އެމްޑީޕީގެ އިސް ދެ ފަރާތް ކަމަށްވާ، ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހީމް ވަޙީދާއި، ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަދި މިހާރު އެޕާޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން ކަމަށެވެ. ވަޒީރު ވަނީ، އެ ވީޑިއޯ ނަގަން ތިބި މަންޒަރުގެ ސީސީޓީވީ ވީޑިއޯއެއްވެސް ޙިއްސާ ކުރައްވާފައެވެ.
ވަޒީރު އިހުސާން ވިދާޅުވީ އެމްޑީޕީއަކީ، ކުޑަކުދިންގެ ޙައްޤުތަކާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރާ ކަމަށް އަބަދުވެސް ވަކާލާތު ކުރާ ޕާޓީއެއް ނަމަވެސް، އެޕާޓީން ކުރަމުން ދަނީ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ކަމަށާއި އަދި މިފަދަ ޢަމަލުތަކަކީ، އެމްޑީޕީން އަބަދުވެސް ދައްކުވައިދޭ ޢަމަލުތައް ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެމްޑީޕީގެ އެދުމުގެމަތިން އެޗްއާރުސީއެމުން އެ ޕާޓީއާ ބައްދަލުކޮށްފި2026 މާރިޗު 23
އެމްޑީޕީގައި އިސްކޮށް ތިބީ "ދަލުބޭރުން" ޖެހިގެން އައި ބައެެއް: ސަަރަނގު އާދަމް މަނިކު2026 މާރިޗު 22
ދައުލަތުގެ މީޑިއާ ޕީއެސްއެމް ހިންގުމަށް ހުރަސް ނޭޅުމަށް އެ ކުންފުނިން އެމްޑީޕީއަށް އިލްތިމާސްކޮށްފި2026 މާރިޗު 16
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަޙުސްގައި އެމްޑީޕީ ބަލިވެއްޖެ: ޝުޖާޢު 2026 މާރިޗު 15