logo
logo
ހުރިހާ ޚަރަދެއް ހަމަޖެހިފައިވާ ޑިޕްލޮމާ ޓީޗިން ކޯހެއް ތަޢުލީމީ ވުޒާރާއިން ކުރިއަށް ގެންދަން ނިންމައިފި!

ހުރިހާ ޚަރަދެއް ހަމަޖެހިފައިވާ ޑިޕްލޮމާ ޓީޗިން ކޯހެއް ތަޢުލީމީ ވުޒާރާއިން ކުރިއަށް ގެންދަން ނިންމައިފި!

2026 ފެބްރުއަރީ 25
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ހުރިހާ ޚަރަދެއް ހަމަޖެހިފައިވާ ޑިޕްލޮމާ ޓީޗިން ކޯހެއް ތަޢުލީމީ ވުޒާރާއިން ކުރިއަށް ގެންދަން ނިންމައި ޤައުމީ ޔުނިވާސިޓީ، އެމްއެންޔޫއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތަޢުލީމީ ވުޒާރާއިން ބުނީ ސުޕެޝަލް އެޑިއުކޭޝަން ނީޑްސް (އެސް.އީ.އެން) ދާއިރާއިން ކިޔަވައިދިނުމަށް ފުލީ ފަންޑަޑް ނުވަތަ ހުރިހާ ޚަރަދެއް ހަމަޖެހިފައިވާ ޑިޕްލޮމާ ކޯހެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމަކީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށްދޭ އެހީތެރިކަން އިތުރުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ މުދައްރިބުން ތަމްރީނުކުރުމުގެ މަޝްރޫޢުގެ ބައެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ކޯހުގެ ހުރިހާ ފީއެއް މިނިސްޓްރީން ދައްކައިދިނުމުގެ އިތުރުން، ކޯހުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް މަހުން މަހަށް ދޭ އެލަވަންސެއްވެސް މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް ވެސް ތަޢުލީމީ ވުޒާރާއިން ބުންޏެވެ.

 

 

ތަޢުލީމީ ވުޒާރާގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު މުޙައްމަދެވެ. އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ.

ސެން ޓީޗަރުން ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މުދައްރިސުން ރާއްޖޭގައި މަދުކަން ފާހަގަ ކުރެވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް