logologologologo
STO
ޚަބަރު

ޖަޕާނު ބަސް ދަސްކޮށްދޭ ކޯހެއް ޤައުމީ ޔުނިވާސިޓީގައި ފަށައިފި

ޖަޕާނު ބަސް ދަސްކޮށްދޭ ކޯހެއް ޤައުމީ ޔުނިވާސިޓީގައި ފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 05

ޖަޕާނު ބަސް ދަސްކޮށްދޭ ކޯހެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ފަށައިފިއެވެ.

މި ކޯހަކީ ޖަޕާން ފައުންޑޭޝަނާއި ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ އެހީތެރިކަމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާޓްސް އިން ކުރިއަށް ގެންދާ ކޯހެކެވެ.

"ޖަޕަނީޒް ލޭންގުއޭޖް – އެލިމެންޓަރީ 1" ގެ ނަމުގައި ހިންގާ މި ކޯހުގައި ކިޔަވާ ދެއްވަނީ ޖަޕާނު ބަހުގެ ޚާއްޞަ ބަސްވާރެއް ކަމަށް ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ބުންޏެވެ.

ހަފުތާއަކު 3 ރޭ ކުރިއަށް ގެންދާ މިކޯހުގައި ކިޔަވައިދެނީ ރޭގަނޑު 7:00 ން 9:00 އަށް ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

ކުލާހަށް ހާޒިރުވެގެން ކިޔަވައިދޭ މި ކޯހަކީ 15 ހަފްތާގެ ކޯހެއް ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން ޖަޕާނު ސަރުކާރާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1967 ގައެވެ. އޭގެފަހުން ޖަޕާނު ސަރުކާރުން ދަނީ ދިވެހިންނާއެކު އެކި ދާއިރާތަކުން ގާތް ގުޅުމެއް ބާއްވަމުން، އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަކުރެވެއެވެ. އެގޮތުން އެހީ ލިބޭ ޚާއްޞަ ދާއިރާތަކުގެތެރޭގައި މަސްވެރިކަން، ތަޢުލީމު އަދި ޓެކްނޮލޮޖީއާއި މީހުން ބިނާ ކުރުމުގެ ދާއިރާ ފާހަގަކޮށްލެވެއެވެ.


MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް