logologologologo
STO
ޚަބަރު

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަޙުޤީޤެއް ކުރަން އެޗްއާރުސީއެމްއިން ނިންމައިފި

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަޙުޤީޤެއް ކުރަން އެޗްއާރުސީއެމްއިން ނިންމައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ފެބްރުއަރީ 25

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަޙުޤީޤެއް ކުރަން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްއިން ނިންމައިފިއެވެ.

އެޗްއާރުސީއެމްއިން މިފަދަ ނިންމުމެއް ނިންމާފައި މި ވަނީ ވެމްކޯގެ މާލޭ ސައިޓެއްގައި ހިނގި ހާދިސާއެއްގައި މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދާ މައްސަލައަކާއި ގުޅިގެންނެވެ.

މިދިޔަ އާދީއްތަ ދުވަހު ހިނގި މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 23 ވީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި މި ހާދިސާގައި އަނިޔާވި މީހާގެ ޙާލު ސީރިއަސްވުމުގެ ސަބަބުން މިހާރު އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން ކަމަށެވެ.

އެޗްއާރުސީއެމްއިން ރޭގެ ވަގުތެއްގައި މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަޙުޤީޤެއް ހިންގަން ރޭ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމަކުން ނިންމާފައިވާ ކަމަށެވެ.

ވެމްކޯގެ ތިލަފުށީ ސައިޓުގައި ވެސް މިފަދަ ހާދިސާއެއް މިދިޔަ ޖެނުއަރީ މަހު ހިނގާފައިވާއިރު އެ ހާދިސާގައި އެކުންފުނީގެ ބިދޭސީ މުވައްޒަފެއް ނިޔާވެފައިވާކަން ފާހަގަ ކުރެވެއެވެ.

MALDIVE GASAllied Insurance
އިތުރަށް