ވިޔަފާރިވެރިން އެދުނު ގޮތަށް ކުދި ވިޔަފާރިތަކުގެ ކުނި އުކައިދޭ އަގު ކުޑަކުރަން ނިންމައިފި

ވިޔަފާރިވެރިން އެދުނު ގޮތަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުނި އުކައިދޭ އަގު ކުޑަކުރަން ވެމްކޯއިން ނިންމައިފިއެވެ.
ވެމްކޯއިން ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުނި އުކައިދިނުމަށް ނަގާ ފީ އަންނަ ފެބުރުއަރީ 1 ން ފެށިގެން ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.
ކުދި ވިޔަފާރިތަކުން ނަގާ ފީ ކުޑަ ކުރަން ވެމްކޯއިން ނިންމާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކުގައި ބޭއްވި ބައްދަލުވުމުގައި އެ އަގު ހެޔޮކޮށް ދިނުމަށް ވިޔަފާރިވެރިން އެދިފައިވަނިކޮށެވެ.
ވެމްކޯއިން ބުނީ ކުދި އަދި މެންދު ފަންތީގެ ވިޔަފާރިތަކުން އުކާލާ ކުނިން ނަގާ ފީ މިހާރަށްވުރެ ކުޑަކުރަން ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
ވެމްކޯއިން ބުނީ މިވަގުތު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބޭންޑްތަކެއް ތައާރަފް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)
