logo
logo
ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު ވެންޓިލޭޓަރުގައި

ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު ވެންޓިލޭޓަރުގައި

2026 ފެބްރުއަރީ 24
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މި މަހުގެ 22 ވަނަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ މާލޭގައި ހުންނަ ވެމްކޯގެ ސައިޓެއްގެ ތެރޭގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 23 ވީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި މި ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވުމުގެ ސަބަބުން މިހާރު އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން ކަމަށެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނައިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ ހާދިސާގެ އިތުރު ތަފްސީލެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް